
އެކިން-ސޫ ރާއްޖެއަށް އައީ އޭނާ ރައްޓެހިވެގެން އުޅޭ އިނގިރޭސި ސެލެބްރިޓީ ޑޭވިޑް ސަންކްލިމެންޓީ އާއެކުއެވެ.
ވަރަށް އަވަހަށް ކައިވެނި ކުރާނެކަމަށް ބުނާ ދެ ތަރިން އިގިރޭސި ވިލާތުގައި ދިރިއުޅެނީ އެއް ގެއެއްގައެވެ.
ރާއްޖެއަށް ޗުއްޓީއަށް މި ހަފްތާގައި އައި ފަހުން އަންނަނީ ގިނައަދަދެއްގެ ފޮޓޯ މީސްމީޑިއާއަށް ލަމުންނެވެ. ނަމަވެސް ކުއްލިއަކަށް އެމީހުންނަށް އައީ އިނގިރޭސި ފުލުހުންގެ ފޯނުކޯލެކެވެ.
އެކިން ސޫ އަދި ޑޭވިޑް ސަންކްލިމެންޓީ
ސަބަބަކީ އެމީހުންގެ އިނގިރޭސި ވިލާތުގައި ހުރި ގެެއަށް މީހަކު ވަނީ ވައްކަން ކުރަން ވަންނަން މަސައްކަތް ކޮށްފައެވެ.
ވަގު މީހާގެ ފޮޓޯ މި ދެތަރިން މިހާރު ވަނީ އެމީހުންގެ މީސްމީޑިއާގައި ޝެއާކޮށްފައެވެ.
މި ދެތަރިން މިވަގުތު ވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރާ ފޮޓޯތައް މީސްމީޑިއާގައި ޝެއާ ކުރުން ހުއްޓާލާފައެވެ.
އެކިން-ސޫ
އެކިން-ސޫ އަކީ ކާކު؟
އެކިން-ސޫ ކުލްކުލޮގްލޫ އަކީ ތުރުކީގެ ނަސްލުގެ އިނގިރޭސި ފިލްމީ ތަރިއެކެވެ. އަދި މޮޑެލް އެކެވެ. ޓީވީ ޝޯތަކުން ވެސް ފެންނަ ތަރިއެކެވެ. 2022 ވަނަ އަހަރު ތުރުކީގެ "ސޮޕް އޮޕެރާ ކުޒޭ ޔިލްޑިޒީ އިލްކް އަޝްކްގައި" އިސިލްގެ ރޯލު ކުޅުނެވެ. އޭގެ ފަހުން އައިޓީވީ-2 ގެ ރިއަލިޓީ ސީރީޒް "ލަވް އައިލެންޑް" ގެ އަށް ވަނަ ސީރީޒް ޑޭވިޑޭ ސަންކްލިމެންޓީއާ އެކު ކުޅެ ބޮޑު ތަރުހީބެއް އެކިން-ސޫ ވަނީ ހޯދާފައެވެ.