ads
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ: ސްޓެލްކޯގެ ރިސާޗް ފައުންޑޭޝަން އިފްތިތާހު ކުރުން - ފޮޓޯ/ ސްޓެލްކޯ
ތަރައްގީވެފައިވާ ގައުމަކަށް ރާއްޖެ ބަދަލުކުރުމަށް ރައީސް ކުރައްވާ މަސައްކަތަށް ތައުފީފް
ރައީސް ޑރ. މުއިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ތައުރީފް ކުރައްވައިފިއެވެ.
Advertisement

ފަހުމީ ވިދާޅުވީ ރައްޔިތުން އެދޭ އިންގިލާބީ ބަދަލު ރައީސް ޑރ. މުއިއްޒު ގެނެސްދެއްވާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. ފަހުމީ މިހެން ވިދާޅުވީ، ސަރުކާރުން މިހާރު ފަށާފައިވާ މުޅިރާއްޖެ ޑިޖިޓަލައިޒް ކުރުމުގެ ޕްރޮގްރާމަށް ތައުރީފް ކުރައްވައި މީސް މީޑިއާގައި ހިއްސާ ކުރެއްވި މެސެޖެއްގައެވެ.

ސްޓެލްކޯގެ އެމްޑީ ފަހުމީ ވިދާޅުވީ ބަވަނަވެފައިވާ ދުނިޔޭގައި ތަރައްގީއާއި ތަހުޒީބުގެ މަގުގައި ހަލުވިކަމާއެކު ގައުމެއް ކުރިއަރައިދާނީ، ޒަމާނީ ވަސީލަތްތަކާއި ފަސޭހަތައް އެ ގައުމެއްގެ ރައްޔިތުންނަށް ލިބިގެން ކަމަށެވެ. އަދި ދިވެހިރާއްޖެއިން ކޮރަޕްޝަން ނައްތާލައި، ހިންގުން ހަރުދަނާކޮށް، ދެފުށްފެންނަ ހަރުދަނާ ނިޒާމުތަކެއްގެ ތެރެއިން ރައްޔިތުންނަށް ގިނަގުނަ ލުއިފަސޭހަތަކެއް ހޯދައިދީ، ރާއްޖެ ތަރައްގީވަމުން އަންނަ ގައުމުތަކުގެ ލިސްޓުން ތަރައްގީވެފައިވާ ގައުމަކަށް ބަދަލުކުރުމަށް، ވިސްނުންތެރި ތަސައްވުރަކާއެކު ރައީސް ފައްޓަވާފައިވާ މަސައްކަތަކީ އިންގިލާބީ ބޮޑު ބަދަލެއްގެ ފެށުންކަން ފަހުމީ ފާހަގަ ކުރެއްވިއެވެ.

ފަހުމީ ވިދާޅުވީ ދިވެހި ރައްޔިތުން އެދިއެދި ތިބި "މޯލްޑިވްސް 2.0" ގެ އިންގިލާބީ ފަސޭހަތައް ރައްޔިތުންނަށް ލިބިގެން ދިއުމަކީ ވަރަށްބޮޑު އެދުމެއް ކަމަށެވެ. އަދި މާތްﷲ ގެ އިރާދަފުޅާއެކު ރައީސް މުއިއްޒުގެ މި ތަސައްވުރުގެ ފޮނިމީރުކަން އަވަސް މުސްތަގުބަލެއްގައި ދިވެހިންނަށް ލިބިގެންދާނެކަން ޔަގީން ކަމަށް ފަހުމީ ވިދާޅުވެފައިވެއެވެ. ފަހުމީ މިހެން ވިދާޅުވެފައިވާއިރު، މި ސަރުކާރުން ރައްޔިތުން އެދޭ އަމާޒަށް ކުރާ ދަތުރުގައި ބައިވެރިވެ ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އެންމެހާ ފަރާތްތަކަށް ގޮވާލައްވާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް