
ރާއްޖެ- މެލޭޝިއާ މެޗުގެ ތެރެއިން
ފޯ ނޭޝަންސް ކަޕް: އަންހެން ވޮލީ ޓީމު ފުރަތަމަ މެޗުން ބަލިވެއްޖެ
ސްޕޯޓްސް ޓީމް
24 ފެބްރުއަރީ 2023 - 09:19:10
ފޯ ނޭޝަންސް ކަޕް ވޮލީބޯޅަ މުބާރާތުގެ އަންހެން ބައިގެ ފުރަތަމަ މެޗުން ރާއްޖެ ބަލިވެއްޖެއެވެ.
އަންހެން ބައިގައި ރާއްޖެ އާއި މެލޭޝިއާގެ އިތުރުން ދެން ވާދަކުރަނީ ސިންގަޕޫރެވެ.
އަންހެން ބައިގެ ފުރަތަމަ މެޗުގައި ރޭ މެލޭޝީޔާ އަތުން ރާއްޖެ ބަލިވީ ތިން ސެޓު ދެ ސެޓުންނެވެ. އެއީ 25-20، 22-25، 23-25، 25-21 އަދި 16-14 އިންނެވެ.
މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މެލޭޝިއާގެ ޗިންގް ކީން ސްވެން އެވެ.
އަންހެން ބައިގައި ރާއްޖޭގެ ދެވަނަ މެޗް ގައި މިއަދުހަވީރު ބައްދަލުކުރާނީ ސިންގަޕޫރާ ދެކޮޅަށެވެ. މެލޭޝިއާގެ ދެވަނަ މެޗް ގައި ސިންގަޕޫރާ ދެކޮޅަށް ނުކުންނާނީ ހޮނިހިރު ދުވަހު އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް