ads
ރިޔާސީ ބަޔާން އިއްވެވި ދުވަހު ރައީސް ސޯލިހް އަދި ރައީސް ނަޝީދު: މަޖިލިސް ފައިލް ފޮޓޯ
އެމްޑީޕީއާއެކު ކުރާނެ މަޝްވަރާއެއް ނެތް: ރައީސް ނަޝީދު
އަންނަ ރިޔާސީ އިންތިހާބާއި ގުޅޭގޮތުން އެމްޑީޕީއާއި އެކު ކުރާނެ މަޝްވަރާއެއް ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ރިޔާސީ އިންތިހާބާއި ގުޅޭގޮތުން ރައީސް ނަޝީދާއި މަޝްވަރާ ކުރަމުން ގެންދާކަމަށް، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެފައި ވަނިކޮށް، އެކަމަށް ރައްދުދެއްވާ މިއަދު ހެނދުނު ކުރެއްވި ޓްވިޓެއްގައެވެ.

ރައީސް ނަޝީދުގެ ނުރަސްމީ ޓްވިޓާ އެކައުންޓުން ހެނދުނު ކުރެއްވި ޓްވިޓްގައި ވިދާޅުވީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި ގުޅޭގޮތުން އެމްޑީޕީއާއިއެކު ކުރާނެ މަޝްވަރާއެއް ނެތް ކަމަށްވެ.

ނަމަވެސް އެޓްވިޓަށް ގަޑިއެއްހާއިރު ފަހުން ކުރެއްވި ޓްވިޓެއްގައި ރައީސް ނަޝީދު ވިދާޅުވީ "އެމްޑީޕީއާއިއެކު ކުރާނެ މަޝްވަރާއެއް ނެތްކަމަށް ދެންނެވުނީ ގޯހުން" ކަމަށެވެ. އަދި އެކަން އިތުރަށް ރައީސް ނަޝީދު ތަފްސީލުކޮށްދެއްވިއެވެ.

ފަފަހުން ކުރެއްވި ޓްވިޓްގައި ރައީސް ނަޝީދު ވިދާޅުވީ:

"މިތަނުގައި އެމްޑީޕީއާއިއެކު ކުރާނެ މަޝްވަރާއެއް ނެތްކަމަށް ބުނެވުނީ ގޯހުން، ރާއްޖެއަށް އަދި އެމްޑީޕީއަށް އެންމެ ހެޔޮގޮތް ހޯދަން މަސައްކަތްކުރަން ޖެހޭ، އެހެނަސް އެއީ ރައީސް ސޯލިހްއާއިއެކު ހުރެގެން ވާން އޮތް ކަމެއްގެ ގޮތުގައި ނުފެނޭ"

ޖެނުއަރީ 28 ވަނަ ދުވަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށްފަހު ޕްރައިމަރީގެ ނަތީޖާ ގަބޫލުކުރައްވަން ދެކޮޅު ހައްދަވާ ރައީސް ނަޝީދުވަނީ "ފިކުރެއްގެ ދިރުން" ނަމުގައި އެމްޑީޕީގެ އެތެރޭގައި އިތުރު ސިޔާސީ ހަރަކާތެއް ފައްޓަވާފައެވެ. އަދި ރައީސް ނަޝީދުގެ ފަޅިން މިހާރުވަނީ ޕްރައިމަރީ ބާތިލް ކުރުމަށް ސިވިލް ކޯޓަށް މައްސަލައެއްވެސް ވައްދާފައެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ރައީސް ނަޝީދުގެ މައްޗަށް ކަމިޔާބު ހޯއްދެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއެވެ. ޕްރައިމަރީގައި ރައީސް ސޯލިހް 61 އިންސައްތަ ވޯޓް ހޯއްދެވިއިރު ރައީސް ނަޝީދަށް ލިބިވަޑައިގެންނެވީ 39 އިންސައްތަ ވޯޓެވެ.

63%
ކަމުގޮސްފި
13%
އަޑުއެހިތާ މިހުރީ
13%
ސަތޭކައަކުން ސުމެއް
13%
ވަރަށް ސަލާމް
ކޮމެންޓްސް