ads
ސުނީ ބުނަނީ ރުކުރާ ގަންނަން މީހުން ވަރަށް ގުޅާ ކަމަށް… ފޮޓޯ/ސޯޝަލް މީޑިއާ
ސުނީތާ ވިއްކާ ރުކުރަލަށް މިދުވަސްވަރު ޑިމާންޑު ބޮޑު!
ދިވެހިންގެ ތެރޭގައި މަޝްހޫރު ނެށުންތެރިޔާ ސުނީތާ އަލީ ވިއްކަމުންދާ ރުކުރަލަށް މިދުވަސްވަރު ޑިމާންޑު ބޮޑު ކަމަށް އޭނާ ބުނެފިއެވެ.

ނެށުމުގެ ދާއިރާގައި ގިނަ އަހަރުތަކެއް އުޅުމަށްފަހު ސުނީ ވަނީ މީގެ އަހަރުތަކެއް ކުރިން ތަފާތު ދިވެހިވަންތަ އުފެއްދުންތައް އުފައްދާ ވިއްކަން ފަށާފައެވެ. 

ސުނީ ސްޕެޝަލްގެ ލޯގޯގައި ވިއްކަންފެށި ކާށިތެޔޮ އާންމުންނަށް ކަމުދިޔުމާއެކު އުފަން ރަށުން ތަފާތު އެކި އެކި އެއްޗެހި ތައްޔާރުކޮށް މާލެ ގެެނެސް ވިއްކަން ފެށިއެވެ.

ސީއެންއެމް އާ ވާހަކަ ދައްކަމުން ސުނީ ބުނީ، މިދުވަސްވަރު ތާޒާ ރުކުރަލަށް ބޮޑު ޑިމާންޑެއް އޮންނަ ކަމަށެވެ. މީގެ އިތުރުން ގިނަ އުފެއްދުންތައް ވެސް އާންމުން ބަލައިގަނެފައިވާ ކަމަށް އޭނާ  ބުންޏެވެ.

" އުކުޅަހުން ގެންނަނީ ރާ، ވަރަށް ފްރެޝް ކޮށް މި ވިއްކަނީ، ވަރަށް މީހުން ގުޅާ ރާ ގަންނަން" ސުނީ ބުންޏެވެ.

your imageސުނީ އޭނާ ވިއްކާ ބައެއް އުފެއްދުންތަކާއެކު…ފޮޓޯ/ފޭސްބުކް

ސުނީ ސްޕެޝަލްގެ އުފެއްދުންތައް އާންމުންގެ ތެރޭގައި މަގުބޫލުވުމާއެކު ސުނީ ވަނީ މިފަހުން މާލޭގައި ފިހާރައެއް ވެސް ހުޅުވައި އެ އުފެއްދުންތައް ވިއްކަން ފަށާފައެވެ. އޭނާގެ ފިހާރައިން ލިބޭ ބައެއް އުފެއްދުންތަކުގެ ތެރޭގަައި ތެލުލި ފަތް، ކުދި ގުޅަ، މަސްމިރުސް، ތެލުލި ރިހާކުރުގެ އިތުރުން ރަހަމީރު ހަވާދު ލިބެން ހުރެއެވެ.

މުނިފޫހިވިލުމުގެ ދާއިރާގައި މަސައްކަތް ކުރަމުން އަމިއްލަ ވިޔަފާރިވެސް ކުރިއަރުވަމުން އަންނަ ސުނީ ވަނީ މިދިޔަ އަހަރުގެ ތެރޭގައި ސަރަހައްދީ އެތައް އެވޯޑެއްވެސް ހާސިލްކޮށްފައެވެ.

އަބަދުވެސް އުފަން ރަށަށާއި އާއިލާ އާ ގާތްގުޅުމެއް ބާއްވާ މި ފަންނާނު ރަށަށް ޗުއްޓީއަށް ދިޔަ ކަމިުގައިވިޔަސް ގިނައިން  ފެންނާނީ އަބަދުވެސް އާއިލާ އާއެކު ކޮންމެވެސް މަސައްކަތެއްގައި ޝާމިލުވާ މަންޒަރެވެ. އޭނާ އަބަދުވެސް ރަށްފުށުގައި ކުރާ މަސައްކަތްތައް ފޭނުންނަށް ހިއްސާކުރާނެ އެވެ.

69%
ކަމުގޮސްފި
6%
އަޑުއެހިތާ މިހުރީ
11%
ސަތޭކައަކުން ސުމެއް
14%
ވަރަށް ސަލާމް
ކޮމެންޓްސް