ads
ދިވެހި ކްރިކެޓް ޓީމުގެ ކުޅުންތެރިއެއް
އޭސީސީ ޗެލެންޖަރސް ކަޕް: ދިވެހި ކްރިކެޓް ޓީމު ފުރަތަމަ މެޗުން މޮޅުވެއްޖެ
ތައިލެންޑްގައި މިއަދު ފެށި އޭސީސީ ޗެލެންޖާސް ކްރިކެޓް މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ރާއްޖެ މޮޅުވެއްޖެއެވެ.
Advertisement

އޭސީސީ ޗެލެންޖާސް ކްރިކެޓް މުބާރާތުގައި ރާއްޖޭން މިއަދު މޮޅުވީ އީރާން އަތުން 27 ލަނޑުންނެވެ.

ޓެރްދްތާއީ ކްރިކެޓް ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗުގައި ޓޮސް ދިމާވީ ރާއްޖެ އަށް ރާއްޖޭން ނިންމީ ކުޅޭށެވެ. ރާއްޖޭން ކުޅެން އަރައި، 31.2 އޯވަރުގެ ތެރޭގައި ވަނީ 157 ލަނޑު ހަދައިފަ އެވެ. ރާއްޖެ އަށް އެންމެ ރަނގަޅު ކުުޅުމެއް ދެއްކީ 40 ބޯޅައިން 58 ލަނޑު ހެދި ޓީމުގެ ކެޕްޓަން، އާދަމް ނާސިފް އުމަރު (އާދަޅޭ) އެވެ.

ޖަވާބުގައި އިރާނުން ކުޅެން އަރައި، 42.3 އޯވަރުގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 130 ލަނޑެވެ. ރާއްޖޭގެ އާދަޅޭ އާއި ހަސަން އިބްރާހިމް ކޮންމެ ކުޅުންތެރިއަކު ވަނީ ހަތަރު ވިކެޓް ނަގައިފަ އެވެ.

އަށް ގައުމަކުން ވާދަކުރާ މި މުބާރާތުގައި ރާއްޖެ ހިމެނެނީ އިރާނާއި ބޫޓާންގެ އިތުރުން ބަހްރޭނާ އެއް ގްރޫޕެއްގަ އެވެ. ރާއްޖޭން ކުޅޭ ދެ ވަނަ މެޗުގައި އާދިއްތަ ދުވަހު ބައްދަލުކުރާނީ ބަހްރޭނާ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް