ads
މަކުނުދޫ އެސްޓީއޯ ފާމަސީ ފަޅާލާފައި… ފޮޓޯ/ ވީނިއުސް
މަކުނުދޫ އެސްޓީއޯ ފާމަސީ ފަޅާލި މީހާގެ ބަންދަށް 10 ދުވަސް!
ހދ. މަކުނުދޫގައި އެސްޓީއޯއިން ހިންގަމުން އަންނަ ބޭސްފިހާރަ ފަޅާލި މީހާގެ ބަންދަށް 10 ދުވަސް ޖަހައިފިއެވެ.

މަކުނުދޫ އެސްޓީއޯ ފާމަސީ ފަޅާލާފައިވަނީ މި މަހުގެ 21  ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

ސީއެންއެމް އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، މަކުނުދޫ ބޭސް ފިހާރައިގެ ދޮރު ހަލާކުކޮށްލައިގެން ވަދެ ވައްކަން ކުރި މައްސަލަ އެއް ރިޕޯޓްކޮށްފައިވާ ކަމަށާއި އެ މައްސަލައިގައި އުމުރުން 25 އަހަރުގެ ދިވެހި ފިރިނެއް ހައްޔަރުކޮށްފައިވާ ކަމަށެވެ. 

ފުލުހުން އިތުރަށް ވިދާޅުވީ އެމީހާ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން މި މަހުގެ 22 ވަނަ ދުވަހު ކަމަށެވެ.

ފުލުހުން ވިދާޅުވީ، އެ މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދަށް މަކުނުދޫ މެޖިސްޓްރޭޓް ކޯޓުން 10 ދުވަސް ޖަހާފައިވާ ކަމަށާއި އެ މައްސަލަ އިތުރަށް ބަލައި ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ހދ. އަތޮޅުން ވަކިން އޮންނަ މަކުނުދޫ އަކީ ވައްކަމާއޮ ފޭރުމުގެ މައްސަލަތައް މަދު ރަށަކަށް ވީ  ނަމަވެސް މަދުން ނަމަވެސް މިފަދަ ކަންކަން ކުރިމަތިވެއެވެ. 

މީގެ ކުރިން އެ ރަށުގައި ހުންނަ މިސްކިތެއްގެ ސައުންޑު ސިސްޓަމަށް ވެސް ބަޔަކު ގެއްލުންދީފައިވާއިރު އެފަދަ ކަންކަން ހިނގައިދާތީ ރަށުގެ ރައްޔިތުން އަންނަ އެފަދަ އަމަލު ހިންގާ މީހުންނާ މެދު އަދަބު ކަނޑަ އެޅުމަށް ގޮވާލަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް