ads
ޝިލްޕާ ޝެޓީ އާއި އޭނާގެ ފިރިމީހާ ރާޖް ކުންދުރާ
60 ކްރޯޑްގެ ދައުވާއަކީ ބޭސްލެސް ދައުވާއެއް ކަމަށް ޝިލްޕާއާއި ރާޖް ބުނެފި
ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް ޝިލްޕާ ޝެޓީ އާއި އޭނާގެ ފިރިމީހާ ރާޖް ކުންދްރާގެ މައްޗަށް، ވިޔަފާރިވެރިއެއްގެ 60 ކްރޯޑް ރުފިޔާ އަށް މަކަރާއި ހީލަތް ހެދިކަމުގެ ތުހުމަތު ކުރުމުން އެ ދައުވާ އަކީ ބޭސްލެސް ދައުވާ އެއް ކަމަށް އެމީހުން ބުނެފި އެވެ.
Advertisement

މި މައްސަލައިގައި ދެމަފިރިންގެ މައްޗަށް ތުހުމަތުކޮށްފައި ވަނީ، އިންވެސްޓްމެންޓަކުން ބޮޑެތި ފައިދާތައް ލިބޭނެ ކަމަށް ވައުދުވެ، އެ ވައުދުތައް ފުއްދާފައިނުވާތީ ކަމަށް ރިޕޯޓް ތަކުން ބުނެ އެވެ.

ފުލުހުން ވަނީ މި މައްސަލަ ރަޖިސްޓަރީކޮށް، ތަހުގީގު ފަށާފަ ކަމަށާއި މި މައްސަލައިގައި މަކަރާއި ހީލަތް ހެދުމުގެ އިތުރުން ކުށުގެ ޖަރީމާއެއް ހިންގަން ރާވައި، އެއްބަސްވުންފަދަ ސީރިއަސް ދައުވާތައް ވެސް ހިމެނޭ ކަމަށް ރިޕޯޓް ތަކުން ބުނެ އެވެ.

މިކަމާ ގުޅިގެން އެ ދެމަފިރިންގެ ގާނޫނީ ވަކީލު ވަނީ މި މައްސަލައަކީ މުޅިން ދޮގު މައްސަލައެއް ކަމަށް ބުނެފަ އެވެ. އޭނާ ބުނީ މިއީ ހަމައެކަނި ކުރީގެ ވިޔަފާރި މުއާމަލާތަކާ ގުޅުންހުރި ކަމެއް ކަމަށާއި، މަކަރާއި ހީލަތް ހެދުމުގެ އެއްވެސް ނިޔަތެއް ނެތް ކަމަށެވެ. އަދި މި މުއާމަލާތް މީގެ ވަރަށް ކުރިން ހައްލުވެފައިވާ ކަމަށް ވެސް އޭނާ އިތުރަށް ބުނެފައިވެ އެވެ.

ޝިލްޕާ އާއި ރާޖް ގަބޫލުކުރަނީ މި މައްސަލައަކީ އެމީހުންގެ އަބުރު ކަތިލުމަށް ކުރެވޭ މަސައްކަތެއް ކަމަށެވެ. އެމީހުން ވަނީ މި ދައުވާއަކީ ބޭސްލެސް އަދި ހަގީގަތާ ހިލާފު ދައުވާއެއް ކަމަށް ސިފަކޮށްފަ އެވެ.

މި މައްސަލަ މިހާރު އޮތީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ. އަދި މައްސަލައިގައި އިތުރަށް ކުރިއަށްދާނީ ފުލުހުންގެ ތަހުގީގުން ފެންނަ ކަންކަމަށް ބިނާކޮށްފަ ކަމަށް އިންޑިއާގެ މީޑިއާ ރިޕޯޓްތައް ބުނެ އެވެ.               

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް