ads
"11 ވަނަ ނޫސްވެރިކަމުގެ އިނާމް" ހަފްލާގެ ތެރެއިން އިނާމު ލިބުނު ނޫސްވެރިން އެވޯޑާއި އެކު
އެމްއެމްސީން ދޭ ނޫސްވެރިކަމުގެ އިނާމަށް 92 ހުށައެޅުން
މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ދޭ ނޫސްވެރިކަމުގެ މި އަހަރުގެ އިނާމަށް 92 ހުށަހެޅުން ލިބިފައިވާކަމަށް އެ ކައުންސިލުން ބުނެފިއެވެ.
Advertisement

މިއަހަރުގެ އިނާމަށް ނަން ހުށައެޅުމަށް ހުޅުވާލި ފުރުސަތު ހަމަވީ މިއަދުއެވެ.

ނޫސްވެރިކަންކުރާ ފަރާތްތަކުގެ މަސައްކަތް ބަލައިގަނެ، ހިތްވަރު ދިނުމަށްޓަކައި މޯލްޑިވްސް މީޑިއާ ކައުންސިލުން ދެމުން އަންނަ މި އިނާމު މިއަހަރުގެ 14 ދާއިރާއަކުން ދިނުމަށް ނިންމާފައިވާކަމަށް އެމްއެމްސީން ބުނެއެވެ. 

އޭގެ ތެރޭގައި ތަހުގީގީ ނޫސްވެރިކަމުގެ ދާއިރާ، އިޖުތިމާއީ ދާއިރާ، ސިޔާސީ ދާއިރާ، ޝަރުއީ އަދި ގާނޫނީ ދާއިރާ، ވިޔަފާރިއާއި އިގްތިސާދުގެ ދާއިރާ، ކުޅިވަރުގެ ދާއިރާ، ފޮޓޯ ޖާނަލިޒަމްގެ ދާއިރާ، ޑޮކިއުމަންޓްރީގެ ދާއިރާ، ލައިފްސްޓައިލާއި، މުނިފޫހިފިލުވުމާއި ފަންނުވެރިކަމުގެ ދާއިރާ، ފީޗާ ރިޕޯޓުގެ ދާއިރާ، ތިމާވެށްޓާއި ދެމެހެއްޓެނިވި ތަރައްގީގެ ދާއިރާ، އޯޑިއޯ ޖާނަލިޒަމްގެ ދާއިރާ، އުންމީދީ ނޫސްވެރިޔާގެ އިނާމު، އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާގެ އިނާމު އަދި ރީޖަނަލް ނޫހުގެ އެންމެ މޮޅު އުފެއްދުމުގެ އިނާމް ހިމެނެއެވެ. 

މީޑިއާ ކައުންސިލުން 2014 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ނޫސްވެރިކަމުގެ އިނާމު ދެމުން ގެންދެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް