ރަވީ ކައިވެނިކޮށް އޭނާ ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް އެކަން ހިއްސާކޮށްފަ އެވެ. އެގޮތުން އޭނާގެ އަނބިމީހާ އާއެކު ނަގާފައިވާ ދެ ފޮޓޯ އެއް އިންސްޓަގްރާމަށް ދޫކޮށްލާފައިވެއެވެ. އަދި ބައެއް މީހުން ވަނީ އެ ގުޅުމަށް މަރުހަބާ ކިޔާފަ އެވެ.
އެކަމާއި ގުޅިގެން ރަވީއަށް ގުޅާލުމުން ފޯނަށް ޖަވާބުދީފައި ނުވާތީ ރަވީގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ. ރަވީ މިފަހަރު ކައިވެނި ކޮށްފައިވަނީ އައިޝަތު ނާމީ ކިޔާ ކުއްޖަކާއެވެ.
ރަވީއަކީ ފިލްމީ ދާއިރާގައި އާންމުން ބަލައިގަންފައިވާ ގިނަ އުފެއްދުންތަކެއް އުފައްދާފައިވާ ކުޅަދާނަ އެކްޓަރެއް އަދި ޑައިރެކްޓަރެއްވެސް މެއެވެ. އޭނާގެ އެންމެ މޮޅު ޑަައިރެކްޝަނެއް ފެނިފައިވަނީ އެވޯޑު ވިނިން ފިލްމް "ވިޝްކާ" އިން ނެވެ.