ads
އިމްރާން އަދާލަތު މަޝްވަރާ މަޖިލިސް ޖަލްސާއެއްގައި
އަދާލަތުން ކަމަކަށް އިގުރާރުވާނީ ލައްކަ ވިސްނުން ވިސްނާފަ: އިމްރާމް
އަދާލަތު ޕާޓީން ކަމަކަށް އިގުރާރުވާނީ އެ ކަމަކާމެދު ލައްކަ ވިސްނުން ވިސްނުމަށްފަހު ކަމަށް އެ ޕާޓީގެ ރައީސް އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.

އިމްރާންގެ ރަސްމީ ޓްވިޓާ އެކައުންޓުގައި މިއަދު ކޮށްފައިވަނީ ޓްވީޓެއްގައި ވިދާޅުވެފައިވަނީ އިސްލާމް ދީނާއި ރާއްޖޭގެ މިނިވަންކަމާއި ސުލްހަ ސަލާމަތަށް އެންމެ ފަހިވާ ގޮތަށް ނޫނީ އެ ޕާޓީގެ މަޝްވަރާ މަޖިލީހުން އިގުރާރެއް ނުވާނެ ކަމަށެވެ. 

އިތުރަށް ވިދާޅުވެފައިވަނީ މީގެ ކުރިން ވެސް އެނޫން ގޮތަކަށް ކަންތައް ވެފައި ވެސް ނޯންނާނެ ކަމަށެވެ.

އަދާލަތު ޕާޓީން ވަނީ އަންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް ތާއިދު ކުރުމަށް ނިންމާފައެވެ. އެގޮތަށް ނިންމާފައިވަނީ އެ ޕާޓީގެ މަޝްވަރާ މަޖިލީހުން މިއަދު ބޭއްވި ބައްދަލުވުމުގައި ބައިވެރިވި 42 މެމްބަރުންގެ ތެރެއިން 38 މެމްބަރުންގެ ވޯޓް ދިނީ އެމްޑީޕީއާއި އެކު ކޯލިޝަން ހެދުމަށެވެ.

އެ ޕާޓީން ދާދި ފަހުން ނެރުނު ގަރާރެއްގައި ވިދާޅުވެފައިވަނީ ރައީސް ސޯލިހަށް ތާއިދު ކުރަން އެ ޕާޓީން ނިންމީ އިސްލާމް ދީނުގެ ސައްހަ އަގީދާ ކުރިއަރުވައި ދެމެހެއްޓުމަށާއި ރާއްޖޭގެ އިސްލާމީ ޝަހުސިއްޔަތު ހަރުދަނާކޮށް، ދިވެހިންގެ ދީނީ އެއްބައިވަންތަކަން ނެގެހެއްޓުމަށް ކަމަށެވެ. 

އާގާނޫނު އަސާސީއާއިއެކު މިހާތަނަށް ބޭއްވި ހުރިހާ ރިޔާސީ އިންތިހާބެއްގައިވެސް އިންތިހާބު ކާމިޔާބުކޮށްފައިވަނީ އަދާލަތު ޕާޓީ ހިމެނޭ ކޯލިޝަންނުންނެވެ. އެގޮތުން 2008 ވަނަ އަހަރު އެމްޑީޕީއާއި އެކު އަދާލަތު ޕާޓީން ކޯލިޝަން ހެދިއިރު އެ އިންތިހާބު ކާމިޔާބުކުރީ އެމްޑީޕީންނެވެ.

2013 ވަނަ އަހަރު ޕީޕީއެމް ކޯލިޝަނުގައި އަދާލަތު ޕާޓީން ބައިވެރިވިއިރު 2018 ގައި އަދާލަތު އަނެއްކާވެސް އޮތީ އެމްޑީޕީ ކޯލިޝަންގައެވެ. އެ ދެ އިންތިހާބުވެސް ކާމިޔާބު ކޮށްފައިވަނީ އަދާލަތު ހިމެނޭ ކޯލިޝަނުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް