ads
އެމްޓީޑީސީން ދަނީ ރ. އދ. މ. އަދި މާލެ އަތޮޅުގެ ރަށްތައް ބަލަމުން - ފޮޓޯ:އަޔާޑާ މޯލްޑިވްސް
އެމްޓީޑީސީން ތަރައްގީ ކުރާ 230 އެނދުގެ ރިސޯޓުގެ މަސައްކަތް މި އަހަރު ފަށަނީ
އެމްޓީޑީސީން ތަރައްގީ ކުރުމަށް ނިންމާފައިވާ 230 އެނދުގެ ރިސޯޓުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ފެށޭނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ތަޒްމީލް އަބްދުއްސަމަދު ވިދާޅުވެއްޖެއެވެ.
Advertisement

އެމްޓީޑީސީން ކުރަމުން ގެންދާ މަސައްކަތްތަކާއި ގުޅޭގޮތުން ދައުލަތުގެ މީޑިއާގައި މައުލޫމާތު ދެއްވަމުން ތަޒްމީލް ވިދާޅުވެފައިވަނީ 230 އެނދުގެ ރިސޯޓުގެ މަސައްކަތަކީ އެ ކޯޕަރޭޝަނުން އެންމެ އިސްކަންދީގެން މިހާރު ކުރަމުންދާ މަސައްކަތް ކަމަށެވެ.

އެކި ސަބަބުތަކާ ހުރެ ތަރައްގީ ނުކުރެވި ހުރި އެތައް ރަށެއް މެދު ރާއްޖެ ތެރޭގައި އެބަހުރި ކަމަށާއި އެ ސަރަހައްދުން އެމްޓީޑީސީއަށް ތަރައްގީ ކުރެވޭނެ ރަށްތަކުގެ އޯނަރުންނާ އެކު މަޝްވަރާ ކުރެވެމުންދާ ކަމަށް ތަޒްމީލް ވިދާޅުވިއެވެ. އެ ކޯޕަރޭޝަނުން ބަލަމުންދާ ރަށްތަކުގެ ތެރޭގައި، ރ. އދ. މ. އަދި މާލެ އަތޮޅުގެ ރަށްތައް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ތަޒްމީލް ވިދާޅުވި ގޮތުގައި ރަށްތައް ފައިނަލް ކުރުމުގައި ކޮންސެޕްޓްތައް ނިމިފައިވާ ރަށެއް ހޯދުމަށް އިސްކަންދޭނެ ކަމަށާއި ވަރަށް އަވަަހަށް ރަށެއް ފައިނަލް ކުރެވި، ރިސޯޓް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފެށޭނެ ކަމުގައެވެ. އެ ރިސޯޓު ތަރައްގީ ކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ ޒަމާނީ މާހައުލަށް ފެތޭ ގޮތަށް ކަމަށް އޭނާ ވިދާޅުވެފައިވެއެވެ. ތަޒްމީލް ވިދާޅުވީ އެ ރިސޯޓުގެ ކޮންމެ ވިލާއެއްގައި ޕްރައިވެޓް ވިލާއެއް ހިމެނޭނެ ކަމަށެވެ. ރިސޯޓު ތަރައްގީ ކުރެވިގެންދާނީ ސީޕްލޭން ޖެއްސޭ ގޮތަށް ކަމަށް ވެސް ތަޒްމީލް ވިދާޅުވިއެވެ.

your imageއެމްޓީޑީސީގެ 15 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޝާހިދު އަދި ތަޒްމީލް - ފޮޓޯ:ފޮރިން މިނިސްޓްރީ

އެ ރިސޯޓް ވާނީ، އެ ކޯޕަރޭޝަނުގެ އާމްދަނީ އިތުރުކުރުމަށް ލިބޭ ފުރުސަތަކަށް ކަމަށް ތަޒްމީލް ވިދާޅުވެއެެވެ. އެމްޓީޑީސީއަށް އެންމެ ބޮޑު އާމްދަނީއެއް ލިބެމުން ދަނީ އެ ކުންފުނިން ތަރައްގީ ކުރުމަށްފަހު ދެ ކުންފުންޏަކަށް ސަބް ލީޒްކޮށްގެން ހިންގަމުންދާ އަނަންތާރާ ކިހަވަށް އަދި އަޔާޑާ މޯލްޑިވްސްއިންނެވެ.

އެމްޓީޑީސީގެ މާލީ ހިސާބުތަކުން ދައްކާ ގޮތުން، ފާއިތުވެދިޔަ އަހަރު އެ ކޯޕަރޭޝަނަށް އާމްދަނީގެ ގޮތުގައި 7.3 މިލިއަން ޑޮލަރު (112 މިލިއަން ރުފިޔާ) ވަނީ ލިބިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް