ads
ގަލްފް ފުޑް އެކްސްޕޯގައި އެސްޓީއޯގެ ބްރޭންޑްތަކާއި މިފްކޯގެ އުފެއްދުންތައް ވަނީ ދައްކާލާފައި - ފޮޓޯ:އެސްޓީއޯ
ދިވެހިން އުފައްދާ ތަކެތި ރާއްޖޭން ބޭރުގައި ވިއްކޭނެ މަގު ހޯދިއްޖެ: އަމްރު
ދިވެހިން އުފައްދާ ތަކެތި ރާއްޖޭން ބޭރުގައި ވިއްކޭނެ މަގު ހޯދިފައިވާ ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ އެންމެ ބޮޑު އެއް އެކްސްޕޯ ކަމަށްވާ ގަލްފް ފުޑް އެކްސްޕޯގައި އެސްޓީއޯއިން ބައިވެރިވުމާ ގުޅޭގޮތުން އަމްރު ވިދާޅުވެފައިވަނީ ފެއާތަކުގެ އެހީގައި ބައިނަލްއަގްވާމީ ވިޔަފާރީގެ ތެރެއަށް ވަނުމަކީ ރާއްޖޭގެ އިގުތިސޯދަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ. އެގޮތުން ދިވެހިން އުފައްދާ ތަކެތި ރާއްޖޭން ބޭރުގައި ވިއްކޭނެ މަގު ހޯދިފައިވާ ކަމަށް ވެސް އަމްރު ވިދާޅުވިއެވެ.

ދުބާއީގެ ވޯލްޑް ޓްރޭޑް ސެންޓަރުގައި މި މަހުގެ 20 ވަނަ ދުވަހުން 24 ވަނަ ދުވަހަށް ކުރިޔަށް ދިޔަ ގަލްފް ފުޑް އެކްސްޕޯގައި އެސްޓީއޯއިން ބައިވެރިވެ، އެ ކުންފުނިން ވިއްކާ ޗޮއިސް ބްރޭންޑް މުދަލާއި މިފްކޯގެ މަހުގެ އެކި އުފެއްދުންތައް ދައްކާލާފައިވާ ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.

އެ ކުންފުނިން ބުނި ގޮތުގައި އެ އެކްސްޕޯގައި ގާއިމުކުރި އެސްޓީއޯގެ ސްޓޯލުން ޗޮއިސް ބްރޭންޑްގެ ކޮންޑެންސް މިލްކް، ޗޮއިސް ކަޕްނޫޑްލް، ޗޮއިސް ބާސްމަތީ ހަނޑޫ، ޗޮއިސް ސަންފްލާވަ އާއި ޗޮއިސް ވެޖެޓަބްލް އޮއިލްގެ އިތުރުން މިފްކޯގެ މަހުގެ އެކި އުފެއްދުންތައް ދައްކާލާފައިވާ ކަމުގައެވެ.

އެސްޓީއޯއިން ބުނެފައިވަނީ އެކްސްޕޯގައި ބައިވެރިވުމުގެ މަގުސަދަކީ އެ ކުންފުންޏާއި މިފްކޯއިން ވިއްކާ ބްރޭންޑްތަކަށް ބައިނަލްއަގްވާމީ ބާޒާރުގައި ފުރުސަތުތައް އިތުރުކުރުން ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް