ads
މީދޫ ދާއިރާ މެމްބަރު އަހުމަދު ސިޔާމް
ހިލްޓަން އަށް 24 މިލިއަން ޑޮލަރު ދައްކަން ކުރި އަމުރު އިސްތިއުނާފް ކޮށްފި
ސަން ޓްރެވެލް އިން ހިލްޓަން އަށް 24 މިލިއަން ޑޮލަރު (370.8 މިލިއަން ރުފިޔާ) ދެއްކުމަށް ސިންގަޕޫރުގެ އާބިޓްރޭޝަނުން ކޮށްފައިވާ ހުކުމަށް ތާއިދުކޮށް އެ ފައިސާ 14 ދުވަސްތެރޭ ދެއްކުމަށް ސިވިލް ކޯޓުން ސަން ޓްރެވަލްސްގެ މައްޗަށް ކުރި އަމުރު އިސްތިއުނާފު ކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު، އަހުމަދު ސިޔާމް (ސަން ސިޔާމް)ގެ ކުންފުނި ސަން ޓްރެވަލާއި ދެކޮޅަށް މިމައްސަލަ ނިމިފައި ވަނީ ރާއްޖޭގެ ކޯޓުތަކުގައި މައްސަލަ ހިގަމުންދާތާ ހަތް އަހަރު ފަހުން ނެވެ. 

މިމަހުގެ ފަސްވަނަ ދުވަހު ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ އެމައްސަލާގައި ސިންގަޕޫރުގެ އެންމެ މަތީ ކޯޓުން ގޮތެއް ނިންމައި ދެ ފަރާތުގެ ދެމެދު ވެފައިވާ އެގްރީމަންޓަކީ ސައްހަ އެއްބަސްވުމެއް ކަމަށް ބަލައިގަނެ އަދި ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓުން މި މައްސަލައިގެ މައުލޫއާ ގުޅިގެން ދެން އިތުރު ދައުވާތައް ނުކުރެވޭނެކަމަށް ނިންމާފައިވާއިރު، މައްސަލައިގެ މައުލޫއަށް އަލުން ވަދެ، ބެލޭނެ ގާނޫނީ ހަމައެއް އޮތް ކަމަށް ޝަރީއަތުން ނުދެކޭ ކަމަށެވެ. 

ސިވިލް ކޯޓުން އަމުރުކުރީ، މިހާތަނަށް ދައްކާފައިވާ ފައިސާ އުނިކުރުމަށް ފަހު، ބާކީ ފައިސާ އާއި ޖޫރިމަނާ އަދި އިތުރު ހަރަދުތައް 14 ދުވަހުގެ ތެރޭގައި ދެއްކުމަށެވެ.

މި އަމުރު ނެރެފައިވާ ދަނޑިވަޅެއްގައި، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރުމަށް އެމްޑީއޭ އިން ނިންމި ނިންމުމަކީ 24 މިލިއަން ޑޮލަރު ދެއްކުމާއިމެދު ސަރުކާރާއި ހެދި އެއްބަސްވުމުގެ ދަށުން ނިންމި ނިންމުމެއް ކަމަށް ފެތުރޭ އަޑުތަކާއި ގުޅިގެން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުުގަައި ސުވާލުކޮށްފައި ވެއެވެ. 

އެކަމަށް ޖަވާބުދެއްވަމުން އެމްޑީއޭގެ ނައިބު ލީޑަރު އަލީ މައުރޫފް ވިދާޅުވީ، ރައީސް ސޯލިހަށް ތާއީދުކުރުމާއި، ހުކުމާއި އެއްވެސް ގުޅުމެއް ނެތްކަމަށެވެ. އަދި މި ސަރުކާރުގައި ކޯޓުތަކަށް އަތްނުބާނާކަން ފާހަގަކުރައްވާ މައުރޫފު ވިދާޅުވީ ސިވިލް ކޯޓުގެ އެ އަމުރު އިސްތިއުނާފު ކުރާނެ ކަމަށެވެ. އަދި މައްސަލަ ސްޕްރީމް ކޯޓަށްވެސް ގެންދާނެ ކަމަށް ވިދާޅުވި އެވެ. "ސީއެންއެމް" އަށް ކަށަވަރުކުރެވިފައިވާ ގޮތުގައި މި އަމަރު މިދިޔަ ބްރާސްފަތި ދުވަހު ވަނީ ހައިކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ. 

ނ. މެދުފުށީގައި ސަން ޓްރެވެލްސް އިން ހަދާފައިވާ "އިރުފުށި ބީޗް ރިސޯޓް އެންޑް ސްޕާ ރިސޯޓް" ހިންގަން ހިލްޓަން އާ ހަވާލުކުރީ 2009 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 27ވަނަ ދުވަހު އެވެ. ނަމަވެސް އެއްބަސްވުމާ ހިލާފުވާ ކަމަށް ބުނެ، ސަން ޓްރެވެލުން، އެ އެބަސްވުން ވަނީ 2013 ވަނަ އަހަރު ބާތިލުކޮށްފަ އެވެ. 

އެއްބަސްވުން ބާތިލުކުރި މައްސަލަ ހިލްޓަން ކުންފުނިން ބައިނަލްއަގުވާމީ އާބިޓްރޭޝަން ކޯޓަށް ހުށަހެޅުމުން އެމައްސަލާގައި، 2015 ވަނަ އަހަރު އާބިޓްރޭޝަނުން ނިންމާފައިވަނީ ބަދަލުގެ ގޮތުގައި ސަން ޓްރެވެލް އިން ހިލްޓަން އަށް 24 މިލިއަން ޑޮލަރު ދޭންޖެހޭނެ ކަމަށެވެ.

38%
ކަމުގޮސްފި
38%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް