ads
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ދަނޑުވެރިކަން ފުޅާކުރުމުގެ ގޮތުން އެ ކޯޕަރޭޝަނުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން - ފޮޓޯ:އެގްރޯނެޓް
އެގްރޯނެޓުގެ އަމާޒަކީ އަހަރު ނިމޭއިރު 800 ދަނޑުވެރިންނާ އެކު މަސައްކަތްކުރުން
އެގްރޯނެޓުގެ އަމާޒަކީ މި އަަހަރު ނިމޭއިރު 800 އަށް ވުރެ ގިނަ ދަނޑުވެރިންނާ އެކު މަސައްކަތް ކުރުން ކަމަށް އެ ކޯޕަރޭޝަނުން ހާމަކޮށްފިއެވެ.
Advertisement

މި އަހަރަށް ރައްޔިތުންގެ މަޖްލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި، ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސޯލިހު ވިދާޅުވެފައިވަނީ ދަނޑުވެރިކަމަށް ބޭނުންވާ ތަކެތި 534 ދަނޑުވެރިއަކަށް ފޯރުކޮށްދެވިއްޖެ ކަމަށާއި މި އަހަރުގެ ނިޔަލަށް ސަރުކާރުގެ ފަރާތުން ހިފާފައިވާ އަމާޒަކީ ޖުމްލަ 750 ދަނޑުވެރިން އެ މަސައްކަތް ފަށާ، އުފައްދާ ތަކެތި އެގްރޯނެޓުން ގަންނަމުން ދިއުން ކަމަށެވެ.

ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން އެގްރޯނެޓުގެ މެނޭޖިން ޑިރެކްޓަރު ހާރޫން ރަޝީދު ވިދާޅުވެފައިވަނީ އެ ކޯޕަރޭޝަނާ އެކު 700 އަށް ވުރެ ގިނަ ދަނޑުވެރިން މިހާރުވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ. 

އެގްރޯނެޓާ ގުޅިގެން މަސައްކަތް ކުރާ ދަނޑުވެރިންގެ އަދަދު އިތުރު ކުރުމަށް ނ. އަތޮޅާއި ފ. އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން ޕްރޮގްރާމްތަކެއް ކުރިއަށް ގެންދާ ކަމަށް ހާރޫން ވިދާޅުވިއެވެ. އެގޮތުން ކުރެވެމުން އަންނަ މަސައްކަތްތަކާ އެކު ރައީސް ވިދާޅުވެފައިވާ އަމާޒަށް ވާސިލުވެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ދަނޑުވެރިކަން ފުޅާކުރުމުގެ ގޮތުން ކޮމިއުނިޓީ ފާމިން މަޝްރޫއެއް ކުރިއަށް ގެންދިއުމަށް އެ ކޯޕަރޭޝަނުން ވަނީ ނިންމާފައެވެ. ޔޫއެންޑީޕީ އާއި ޖަޕާން ސަރުކާރުގެ މާލީ އެހީތެރިކަމާ އެކު ކުރިއަށް ގެންދާ މި މަޝްރޫއު ލ. އިސްދޫގެ އިތުރުން ނ. ލަންދޫ، ނ. މާފަރު، ނ. މަނަދޫ އަދި ކ. ކާށިދޫގައި ފެށުމަށް ހަމަޖެހިފައިވާ ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ. ހާރޫން ވިދާޅުވީ އެ ރަށްތަކުގެ ތެރެއިން ލ. އިސްދޫ، ނ. ލަންދޫ އަދި ނ. މަނަދޫ އާއެކު އެއްބަސްވުންތައް ގާއިމު ކުރެވިފައިވާ ކަމަށެވެ.

އެގްރޯނެޓުން ކުރިއަށް ގެންދާ މި މަޝްރޫއުގެ ދަށުން ދަނޑުތައް ތަރައްގީ ކުރެވިގެންދާނީ ހުރިހާ ވަސީލަތްތަކެއް ހިމެނޭހެން ކަމަށާއި ދަނޑުވެރިންނަށް ލިބޭނެ އެންމެ ބޮޑު ފައިދާ އަކީ އަތުން ހަރަދެއް ނުގޮސް ދަނޑުގައި ހައްދާ ހުރިހާ އެއްޗެއް އެ ކޯޕަރޭޝަނުން ގަންނާނެކަމުގެ ޔަގީންކަން ލިބުން ކަމަށް ހާރޫން ވިދާޅުވިއެވެ.

އެގްރޯނެޓަކީ ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުމުގެ ބޭނުމުގައި ސަރުކާރުން އުފައްދާފައިވާ ކުންފުންޏެކެވެ. އެ ކޯޕަރޭޝަނުން އަންނަނީ ދަނޑުވެރިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ތަކެތި އުފެއްދޭނެ މަގު ތަނަވަސްކޮށްދިނުމާ އެކު، އުފައްދާ އުފެއްދުންތައް ބާޒާރުގައި މާކެޓުވެސް ކޮށްދެމުންނެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް