
ޝާނާ އޭނާގެ އިންސްޓަގްރާމް މިއަދު ކޮށްފައިވާ ޕޯސްޓެއްގައި ވަނީ އަގުހުރި އެތައް ހަދިޔާތަކެއް ގިވައަވޭގެ ގޮތުގައި ދޫކޮށްލަން ނިންމާފައެވެ.
މި ގިވްއަވޭ ހުޅުވާލާފައިވާއިރު ފާހަގަކޮށްލަންޖެހޭ ކަމަކީ ޝާނާ އަކީ މާލޭގައި ހިންގަމުން އަންނަ ރެސްޓޯރެންޓެއް ކަމަށްވާ "މެގީޝާ ލައުންޖް" ގެ އެމްބެސެޑަރެވެ. އެހެން ކަމުން މި ގިވްއަވޭ ކުރިޔަށް ގެންދަނީ މެގީޝާގެ ފުރިހަމަ އެއްބާރުލުމާއެކުގަ އެވެ.
ޝާނާ ގިވްއަވޭ ކުރާ ހަދިޔާތައް…ފޮޓޯ/ޝާނާ ސައީދު
ޝާނާގެ ގިވްއަވޭ ޕެކޭޖްގައި ހިމެނެނީ ކެލްވިން ކްލެއިމް "ސީކޭ" ބްރޭންޑްގެ ފިރިހެން ގިފްޓް ޕެކަކާއި ނިއުޔޯކްގެ މަޝްހޫރު ކޯޗް ބްރޭންޑްގެ އަންހެން ގިފްޓް ޕެކެއްގެ އިތުރުން އައިފޯން 13 އަދި 14 ގެ ފޯނު ކަވަރާއި ދެ އާއާޕޮޑު ކޭސްކަވަރުގެ އިތުރުން ރެޑްމީ 2 ޕަވަބޭންކް އަަދި ދެ ގަޑި އިރަށް ކަރޯކޭ ޖައްސާލާ މެގީޝާ ލައުންޖުގައި ވަގުތު ހޭދަކޮށްލުމުގެ ފުރުސަތެވެ.
ޝާނާގެ މި ގިވްއަވޭ އަަންނަ މަހުގެ 23 ވަނަ ދުވަހާއި ހިސާބަށް ހުޅުވާލާފައިވާއިރު އިންސްޓްގްރާމް މެދުވެރިކޮށް ގިވްއަވޭގައި ބައިވެރިވޭ ވަކި ގަވައިދުތަކެއް ވެސް އޭނާ ވަނީ ފާހަގަކޮށްފައެވެ. މި ގަވައިދުތައް ބަލާލުމަށް ޝާނާގެ އިންސްޓަގްރާމް ޕޯސްޓު ބަލައިލުން ރަނގަޅުވާނެއެވެ.
އަންނަ މަހުގެ 23 ވަނަ ދުވަހަށް ހަމަވާ މި ގިވްއަވޭގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން އެއް ނަސީބުވެރިއަކު ހޮވާނެ ކަމަށް ޝާނާ ވަނީ މައުލޫމާތު ދީފައެވެ.
ގިވްއަވޭ ތައް ދިނުމަކީ މަޝްހޫރު މީހުންގެ ތެރޭގައި އަބަދުވެސް އޮންނަ ކަމަކަށް ވާއިރު މި ރާއްޖޭގެ މޮޑެލް އިންނާއި ފިލްމީ ތަރިން މީގެ ކުރިން ވަނީ އަގުހުރި އެތަައް ހަދިޔާތަކެއް ގިވްއަވޭގެ ގޮތުގައި ދީފައެވެ.
ޓިކްޓޮކުން ވިދާލި ޝާނާ އަކީ މި ފަހުން ފިލްމު އިންޑަސްޓްރީގައި ފާހަގަކޮށްލެވުނު ބަތަލާއެކެވެ. ކުރު މުއްދަތެއްގެ ތެރޭގައި އޭނާ ވަނީ ގިނަ ފިލްމީ މަސައްކަތްތަކެއް ކޮށް ބެލުންތެރިންގެ ހިތް ދަަމައިގަންފައެވެ.