ads
ކުޅުދުއްފުށީ އެއާޕޯޓް ފޮޓޯ އެއްބެ
ކުޅުދުއްފުށީ އެއާޕޯޓް ރަންވޭގެ ލައިޓް ދެ މަސްތެރޭ ޖަހާ ނިންމަނީ
ކުޅުދުއްފުށި ސިޓީ އެއާޕޯޓު ރަންވޭގައި ލައިޓް ހަރުކުރުމުގެ މަސައްކަތް ކުރިއަށް އޮތް ދެތިން މަސް ތެރޭގައި ނިންމާނެ ކަމަށް ސަރުކާރުން ބުނެފިއެވެ.
Advertisement

އެ ސިޓީ ކައުންސިލް މެންބަރަކު ސީއެންއެމް އަށް ވިދާޅުވީ، މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ރައްޔިތުންނާ ބައްދަލު ކުރުމަށް ބޭއްވި ބައްދަލުވުމެއްގައި ކުޅުދުއްފުށި އެއާޕީޓުގެ ރަންވޭގެ ބައްތި ހަރުކުރުމުގެ މަސައްކަތް ނިންމާލެވޭނީ ކިހާދުވަހަކުންތޯ ބަޔަކު ސުވާލު ކުރި ކަމަށެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން އެ މަސައްކަތް ކުރިއަތް އޮތް ދެތިން މަސް ދުވަހުގެ ތެރޭގައި ނިންމާލާނެ ކަމުގެ ޔަގީން ކަން ސަރުކާރުން ދެއްވާފައިވާ ކަމަށް މޭޔަރު އާތުފު ވިދާޅުވި ކަމަށް އެ ކައުންސިލުން ވާހަކަ ދެއްކެވި މެންބަރު ވިދާޅުވިއެވެ.

މޭޔަރުގެ ވާހަކަފުޅުގައި މިހާރު އެއާޕޯޓުގެ ހުޅަނގު ތޮށި ޖަހަމުންދާ ކަމަށާއި އެ މަސައްކަތް ނިމުމުން ބައްތި ހަރުކުރަން ފަށާނެ ކަމަށް ސަރުކާރުން ފާހަގަކުރެއްވި ކަމަށް ކައުންސިލް މެންބަރު މައުލޫމާތު ދެއްވިއެވެ.

މިސަރުކާރުން އެމްޓީސީސީއަށް އެމަޝްރޫއު ހަވާލުކުރިނަމަވެސް އަހަރެއް ވެގެންދިޔައިރުވެސް އެ މަސައްކަތް ވަނީ ނުނިންމިފައެވެ.

ކުޅުދުއްފުށީ ސިޓީގެ އެއާޕޯޓުގެ ރަންވޭގައި ލައިޓް ޖެހުމުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް ބުނެ ސަރުކާރުން ވަނީ މީގެ ކުރިން ވެސް ތާރީހު ތަކެއް ކަނޑައަޅާފައެވެ. ނަމަވެސް އެއިން އެއްވެސް ތާރީހެއް ފަހަނަ އަޅައި ދިޔައިރުވެސް މަސައްކަތް ނުނިމުން ވެގެންދިޔައީ ސިޓީގައި ދިރިއުޅެ އާންމުންގެ ކަންބޮޑުވުން އިންތިހާއަށް އޮތް ކަމެއް ކަމަށެވެ.

ކުޅުދުއްފުށީ އެއާޕޯޓަކީ 2019 ވަނަ އަހަރުގެ ތެރޭގައި ރަސްމީކޮށް އޮޕަރޭޓް ކުރަން ފެށި އެއާޕޯޓެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް