ads
10 ބޯލް ޗެމްޕިއަންޝިޕްގެ ތެރެއިން
10 ބޯލް ޗެމްޕިއަންޝިޕް ޝާޒް އަދި އަޒްރާ ކާމިޔާބުކޮށްފި
މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަންގެ 10 ބޯލް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހަސަން ޝާޒް މުހައްމަދާއި އާމިނަތު އަޒްރާ ހޯދައިފި އެވެ.

10 ބޯލް ޗެމްޕިއަންޝިޕްގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ޝާޒް ހޯދީ ފައިނަލް ގައި ހުސެއިން ފަޔާޒް އާ ވާދަކޮށް 11-5 ފްރޭމުން މެޗް ކާމިޔާބު ކޮށްގެންނެވެ. އަޒްރާ ޗެމްޕިއަންކަން ހޯދީ އެއްވެސް މެޗަކުން ބަލި ނުވެ، ފައިނަލް މެޗު 7-2 ފްރޭމުން ކާމިޔާބު ކޮށްގެންނެވެ.

މި ނަތީޖާތަކާއެކު، އަންނަ އޭޕްރީލް މަހު އޮންނަ ބައިނަލްއަގްވާމީ ބިލިއާޑް މުބާރާތުން މި ދެ ކުޅުންތެރިންނަށް ޖާގަ ޔަގީންވީއެވެ. ބިލިއާޑް އެސޯސިއޭޝަނުން އަންނަނީ އަންނަ އޭޕްރީލް މަހު ފުރަތަމަ ފަހަރަށް ރާއްޖޭގައި ބައިނަލްއަގުވާމީ މުބާރާތެއް ބާއްވަން ތައްޔާރު ވަމުންނެވެ.

އޭޝިއަން ޕޫލް ޕްރޮމޯޝަންސް އާއި މެޗްރޫމް ޕޫލް ގުޅިގެން ކުރިއަށް ގެންދަން ހަމަޖެހިފައިވާ ނައިންބޯލް އޭޝިއަން ޓުއާގެ ފުރަތަމަ އިވެންޓް "މޯލްޑިވްސް އޯޕަން 2023" އޮންނާނީ އޭޕްރީލް މަހުގެ 22 އިން 26 ގެ ނިޔަލަށެވެ. މި މުބާރާތުން ރާއްޖޭގެ 16 ކުޅުންތެރިއަކަށް ޖާގަ ދޭނެއެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް