ads
މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން އަޅާނެ ފިޔަވަޅުތަކުގެ ބައްދަލުވުމެއް ފަށައިފި
މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން މާލީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތަކާއި ބެހޭ ބައްދަލުވުމެއް މިއަދު ފަށައިފި އެވެ.

"ކްލައިމެޓް ފައިނޭންސް މޮބިލައިޒޭޝަން އެންޑް އެކްސެސް ސްޓްރެޓެޖީ ވޯކްޝޮޕް ފޯ ދަ އައިލެންޑެ ސްޓޭޓްސް އިން ދަ އިންޑިއަން އޯޝަން" ގެ ނަމުގައި މިނިސްޓްރީ އޮފް އެންވައިރަމެންޓްގެ ފަރާތުން ހިންގާ މި ބައްދަލުވުން ފައްޓަވައިދެއްވީ އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން އެވެ.

މާދަމާގެ ނިޔަލަށް ހޮޓެލް ޖެންގައި ކުރިއަށް ގެންދާ މި ބައްދަލުވުމުގައި އިންޑިއާ ކަނޑުގެ ޖަޒީރާ ގައުމަތަކުގެ ތެރެއިން ފަސް ގައުމަކުން ބައިވެރިވެއެވެ. އޭގެ ތެރޭގައި މޮރިޝަސް، ސީޝެލްސް، ސްރީލަންކާ އަދި ކޮމޮރަސް ހިމެނެ އެވެ.

މި މަސައްކަތު ބައްދަލުވުމުގެ މައިގަނޑު މަޤްސަދަކީ މިހާރު ތައްޔާރުކުރެވިފައިވާ "އިންޑިއަން އޯޝަންސް ކްލައިމެޓް ފައިނޭންސް މޮބިލައިޒޭޝަން އެންޑް އެކްސެސް ސްޓްރެޓެޖީ" ގެ ދެލިކޮޕީ ފާސްކޮށް، މި ސްޓްރެޓްޖީ ތަންފީޒު ކުރާނެ ޕްލޭނެއް އެކުލަވާލުމެވެ.

އަދި މި ބައްދަލުވުމުގެ ދަށުން އިންޑިއާ ކަނޑުގެ ޖަޒީރާ ގައުމުތަކުން މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް މާލީ ގޮތުންނާއި، ޓެކްނޮލޮޖީގެ ދާއިރާއިންނާއި، އިންސާނީ އަދި އެހެނިހެން ވަސީލަތްތައް ބޭނުންވާނެ މިންވަރު ދެނެގަތުމަށްޓަކައި ދިރާސާއެއް ކުރުމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓާއި އދ.ގެ މޫސުމަށް އަންނަ ބަދަލުތަކާއި ބެހޭ މުއާހަދާ، ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ޔޫއެންއެފްސީސީސީ) ސެކެޓޭރިއެޓް އާއި ގުޅިގެން މަޝްރޫއެއް ހިންގުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް