ads
ޓީއެސް ލައިން
73 ޓަނުގެ މަހާ އެކު، އެއްދުވަހުން 1.2 މިލިއަން ރުފިޔާ ހޯދައި ޓީއެސް ލައިނުން ރިކޯޑެއް
ގދ. މަޑަވެލީގެ ޓީއެސް ލައިން ދޯނިން އެއްދުވަހުގެ ތެރޭގައި 1.2 މިލިއަން ރުފިޔާގެ މަސް ކިރުވައިގެން ރިކޯޑު ގާއިމުކޮށްފި އެވެ.

މި މަހުގެ 22 ވަނަ ދުވަހު މިފްކޯގެ ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް ޓީއެސް ލައިނުން ވަނީ 73 ޓަނުގެ މަސް ކިރުވައި، އެއްދުވަހުގެ ތެރޭގައި އެންމެ ގިނަ މަސް ކިރުވި ދޯނީގެ ރިކޯޑު އިޔާދަކޮށްފައެވެ.

ރާއްޖޭގެ ދޮށީގެ މަސްވެރިކަމުގައި ޓީއެސް ލައިނަކީ ފާހަގަކޮށްލެވޭ ނަމެކެވެ. މީގެ ކުރިން ޓީއެސް ލައިނުން ވަނީ އެއްދުވަހުގެ ތެރޭގައި އެންމެ ގިނަ އަދަދެއްގެ މަސް ބޭނި ދޯނީގެ ރިކޯޑު ގާއިމުކޮށްފައެވެ. މިދިޔަ އަހަރުގެ ތެެރޭގައި އެ ދޯނިން ވަނީ އެއްދުވަހުގެ ތެރޭގައި 57.2 ޓަނުގެ މަސް ކިރުވާފައެވެ.

 އެހެންނަމަވެސް، މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ގދ. ފަރެސްމާތޮޑާ 'ބަޚީރާ' ދޯނިން ވަނީ 58.6 ޓަނުގެ މަސް ކިރުވައިގެން އެ ރިކޯޑު އާކޮށްފައެވެ. އެ ދޯނިން ކޫއްޑޫއަށް މަސް ކިރުވައިގެން 996,000 އަށް ވުރެ ގިނަ ރުފިޔާ ހޯދާފައިވެއެވެ.

your imageޓީއެސް ލައިން: މީގެ ކުރިންވެސް އެއްދުވަހުގެ ތެރޭގައި އެންމެ ގިނަ އަދަދެއްގެ މަސް ބޭނި ދޯނީގެ ރިކޯޑު ވަނީ ގާއިމުކޮށްފައި.

ޓީއެސް ލައިނުން ބުނެފައިވާ ގޮތުގައި އެ ދޯނިން އެއްދުވަހުގެ ތެރޭގައި 70 ޓަނުގެ މަސް ބޭނި ކަމަށާއި ތިން ޓަނުގެ މަހަކީ އެހެން ދުވަހަކު ބާނާފައިވާ މަސް ކަމުގައެވެ. އެ ތިން ޓަނުގެ މަސް ނުހިމަނާ ގުނި ނަމަވެސް އެއްދުވަހުން އެންމެ ގިނަ މަސް ބޭނުމުގެ ރިކޯޑު ޓީއެސް ލައިނަށް ގާއިމުކުރެވޭނެއެވެ.

ޓީއެސް ލައިން ދޯނި ބަނދެ، މަސްވެރިކަމުގެ ސިނާއަތަށް ނެރެފައިވަނީ 2017 ވަނަ އަހަރުގެ ތެރޭގައެވެ. އެ ދޯނިވެފައި ވަނީ 2021 ވަނަ އަހަރާއި 2022 އަހަރު ދޮށީގެ މަސްވެރިކަމުގައި ފާހަގަ ކުރެވުނު ނަމަކަށެވެ.

ޓީއެސް ލައިނަށް ވަނީ 2021 ވަނަ އަހަރު ދޮށީގެ މަސްވެރިކަމުގައި އެންމެ ގިނައިން މަސްކިރުވި އުޅަނދަށް ދޭ އެވޯޑު ލިބިފައެވެ. އެ ދޯނިން ވަނީ އެ އަހަރުގެ ތެރޭގައި ޖުމްލަ 1095.805 ޓަނުގެ މަސް ކިރުވާފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް