ads
ރާނީގެ އާ ފިލްމުގެ ޕޯސްޓަރެއް…
ރާނީގެ އާ ފިލްމުގެ ޓްރެއިލާ: ވަރަށް އަސަރުގަދަ!
2011 ވަނަ އަހަރު ނޯވޭގައި ދިރިއުޅުނު އިންޑިއާގެ ދެމަފިރިއަކަށް ދިމާވި ހަގީގީ ހާދިސާއަކަށް ބިނާކޮށް އުފައްދާ ރާނީ މުކަރްޖީ ލީޑޫ ރޯލު ކުޅެފައިވާ "މިސަސް ޗެޓަޖީ ވާސަސް ނޯވޭ" ފިލްމުގެ ޓްރެއިލާ އާންމުކޮށްފިއެވެ.

އެ ފިލްމުގެ ޓްރެއިލާ މީގެ ދެ ދުވަސް ކުރިން ޔޫޓިއުބަށް ދޫކޮށްލާފައިވާއިރު މިހާތަނަށް ގިނަ ބަޔަކު ބަލާފައިވާކަން ފާހަގަކޮށްލެވެއެވެ. ދެ ދުވަސްތެރޭ 16 މިލިއަނަށްވުރެއް ގިނަ ވިއުސް އެ ޓްރެއިލާއަށް ވަނީ ލިބިފައެވެ.

ޒީ ސްޓޫޑިއޯސް އަދި އެމޭ އެންޓަޓައިންމެންޓްސް ގުޅިގެން އުފައްދާފައިވާ އެ ފިލްމުގެ ޓްރެއިލާއިން ފެންނަ އަސަރުގަދަ މަންޒަރުތަކުން ބެލުންތެރިން ވަނީ ފިލްމާއި މެދު ކުރާ އުންމީދު ބޮޑުކޮށްފައެވެ. އަދި ގިނަ ބަޔަކު ބުނަމުން އަންނަނީ އެ ފިލްމު ބަލާ ނިމޭއިރު ރަނގަޅަށް ވެސް ރޮވޭނެ ކަމަށް ބުނަމުންނެވެ.

އާޝިމާ ޗިއްބަރް ޑައިރެކްޓުކޮށްފައިވާ އެ ފިލްމުގައި ރާނީ ކުޅެފައިވާ ރޯލަށް މިހާރުވެސް އާންމުންގެ ގިނަ ބަޔަކާއި ބޮލީވުޑް ތަރިން ތައުރީފް ކުރަމުން އަންނަ ކަން ފާހަގަކޮށްލެވެއެވެ. 

އެގޮތުން ޓްރެއިލާ ބެލުމަށްފަހު އާލިއާ ބަޓް އަދި ސޯނަމް ކަޕޫރު ވަނީ ރާނީގެ އާ ފިލްމުގެ ޓްރެއިލާ އަސަރުން ފުރިގެންވާ ކަމަށް ބުނެފައެވެ. އަދި ރާނީ ވަރުގެ މޮޅު އެންމެ އެކްޓަރެއް ވެސް ނުހުންނާނެ ކަމަށް ސޯނަމް ވަނީ ބުނެފައެވެ.

އަންނަ މާޗު މަހުގެ 17 ވަނަ ދުވަހު ރިލީޒްކުރަން ނިންމާފައިވާ "މިސަސް ޗެޓަޖީ ވާސަސް ނޯވޭ" ހަގީގީ ހާދިސާއެއްގެ މައްޗަށް  ބިނާވާ އިރު ފިލްމުގައި ދައްކައިދޭނީ ނޯވޭ އަށް ދިރިއުޅުން ބަދަލުކުރި އެ ދެމަފިރިންގެ އެއް އަހަރުގެ ކުއްޖަކާ ތިން އަހަރުގެ ކުއްޖާ، އެމީހުން އުޅޭ މާހައުލާއި މައިންބަފައިން އެ ކުދިންނާ މެދު ކަންކުރާ ގޮތް ގޯސް ކަމަށް ބުނެ ނޯވޭގެ ސަރުކާރުގެ ބެލުމުގެ ދަށަށް ގެންދާ ހިސާބުން، ދަރިންތައް ހޯދުމަށް އެ ދެމަފިރިން ކުރާ މަސައްކަތެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް