ads
ފުލުހުންގެ މައި އިދާރާ
ފިހާރަތެރޭ މީހަކަށް ހަމަލާދިން މީހުންގެ ތެރެއިން އެކަކު ހައްޔަރަށް
މި މަހުގެ 24 ވަނަ ދުވަހުގެ ރޭ މާފަންނު ބީޖީ ގަރާޖު ކައިރި ހުންނަ ފިހާރައެއްގެ ތެރޭގައި ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި މީހުންގެ ތެރެއިން އެކަކު ހައްޔަރުކޮށްފިއެވެ.

އެ މާރާމާރީ ހިންގާފައިވަނީ އެ ރޭ 21:30 ހާއިރު "ކްރާޝާ" ނަމަކަށް ކިޔާ ފިހާރައެއްގެ ތެރޭގައެވެ. މި މާރާމާރީގައި އަނިޔާވެފައިވަނީ އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.

މަންޒަރު ދުށް މީހުންނާއި ހަވާލާދީ މައުލޫމާތު ލިބޭގޮތުގައި އޭނާގެ ހަށިގަނޑުގެ އެކި ތަންތަންނަށް ވަނީ ވަޅިން ހަމަލާދީފައި ވެއެވެ. އޭނާއަށް އައިޖީއެމްއެޗްގައި ފަރުވާދެމުންދާއިރު އޭނާގެ ހާލު ސީރިއަސްކަމަށް އެހޮސްޕިޓަލުން ބުނެއެވެ. އޭނާއަށް ފަރުވާދެމުން ގެންދަނީ ވެންޓިލޭޓަރުގައެވެ.

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މާފަންނު ފިހާރައެއްގެ ތެރޭ މި މަހު 24 ވަނަ ދުވަހުގެ ރޭ ތޫނު އެއްޗަކުން ހަމަލަދީ މީހަކު ޒަހަމްކޮށްލުމުގައި އަމަލީގޮތުން ބައިވެރިވި މީހުންގެ ތެރެއިން އެކަކު ފުލުހުންގެ ތަހުގީގަށް ހޯދުނު ހޯދުމުގެ މައްޗަށް ކޯޓު އަމުރެއްގެ ދަށުން ރޭ ދަންވަރު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ޒަހަމްވި 30 އަަހަރުގެ ޒުވާނާ ފިހާރަތެރެއަށް ވަނީ އޭނާގެ ފަހަތުން ހަމަލާދޭން މީހުން އަންނަން ފެށުމުން ފިލަންވެގެންކަމަށް މައުލޫމާތު ލިބެއެވެ. އެ ފިހާރައަށް ވަދެ ފިރިހެން މީހާއަށް ހަމަލާދިން ވަގުތު ކައުންޓަރުގައި އިން ކޭޝިޔަރު ހޭނެތިގެން ވެއްޓުނު ކަމަށް ވެސް ވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް