ads
މުހައްމަދު ނިޒާމް
ލިޓަން މަރާލި ކަމުގެ ދައުވާ ނިޒާމުގެ މައްޗަށް ކުރަނީ
މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ތެޔޮބޯޓަކުން ގެއްލުނު ބަންގަލަދޭޝްގެ ރައްޔިތެއް ކަމަށްވާ މުހައްމަދު ލިޓަން މަރާލިކަމުގެ ތުހުމަތުގައި މުހައްމަދު ނިޒާމުގެ މައްޗަށް ކުރަން ޕްރޮސިކުއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ނިންމައިފިއެވެ.
Advertisement

މިއަދު ޕިޖީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޖީ ހުސައިން ޝަމީމް ވިދާޅުވީ ނިޒާމުގެ މައްޗަށް ގަސްތުގައި މީހަކު މެރި ކަމުގެ ދައުވާއާ އިތުރު ދެ ދައުވާއެއް ކުރުމަށް ނިންމާފައިވާ ކަމަށެވެ. އެއީ މަސްތުވާތަކެތި ބޭނުން ކުރުމުގެ ދައުވާ އަކާއި ވައްކަން ކުރުމުގެ މައްސަލައިގެ ދައުވާއެކެވެ.

ލިޓަންގެ ހަށިގަނޑު ނުފެންނަނީސް މަރާލި ކަމަށް ކަނޑައެޅޭނެ ގާނޫނީ ހަމަތަކާއި ގުޅޭ ގޮތުން ނޫސްވެރިން ސުވާލުކުރުމުން ޝަމީމު ވިދާޅުވީ، ގަސްތުގައި މީހަކު މެރުމުގެ ދައުވާ އުފުލި ސަބަބަކީ މީހަކު މަރާލާން ކުރަން ޖެހޭ ކަންކަން ކުރިކަން ސާބިތުކޮށްގެން ދައުވާ ސާބިތުކުރެވޭނެކަން ޔަގީން ކުރެވޭތީއެވެ.

ޝަމީމް ވިދާޅުވީ ސުޕްރީމްކޯޓުން ކުރިން ނިންމާފައިވާ ބައެއް މައްސަލަތަކަށް ރިއާޔަތްކުރާއިރު އެ ގޮތަށް ދައުވާ ސާބިތުކުރެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށާއި ނިޒާމު އަމިއްލައަށްވެސް ލިޓަން އާމެދު ކަންތައް ކުރިގޮތް ތަހުގީގުގައި ކިޔައިދީފައިވާ ކަމަށެވެ.

އިތުރަށް ޝަމީމް ވިދާޅުވީ، ސީސީޓީވީ ފުޓޭޖުތަކުން ވެސް ލިޓަން ގެއްލުވާލަން މަސައްކަތް ކޮށްފައިވާކަން ވެސް އެނގޭ ކަމަށާއި ލިބިފައި ހުރި ހެކިތަކުން ނިޒާމުގެ މައްޗަށް ދައުވާ ސާބިތުވާނެ ކަމަށް ޔަގީން ކުރައްވާ ކަމަށެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު 28 ވަނަ ދުވަހު ދެ މީހަކު ތެޔޮ ބޯޓުން ގެއްލިގެން ހޯދަމުން ދަނިކޮށް އުމުރުން 45 އަހަރުގެ ގދ. ތިނަދޫ މަނާރު، މުހައްމަދު ނިޒާމް ފެނިފައިވަނި މާލޭގެ ގެސްޓް ހައުސް އަކުންނެވެ. 

ފުލުހުން އޭރު މައުލޫމާތު ހިއްސާ ކުރަމުން ބުނީ، މަރުގެ މައްސަލައެއްގައި އޭނާ ވަނީ ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައި ކަމަށެވެ. ނިޒާމް އަކީ ކުށުގެ ރެކޯޑެއް އޮންނަ މީހެއް ކަމަށް ވެސް އެ އިދާރާއިން އޭރު ވަނީ ބުނެފައެވެ.

ނިޒާމުގެ ބަންދާމެދު ގޮތެއް ނިންމުމަށް ބޭއްވި އަޑުއެހުންތައް ކުރިއަށް ގެންގޮސްފައިވަނީ ސިއްރުކޮށްގެންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް