ads
ވޮލީ ޓީމުގެ ބައެއް ކުޅުންތެރިން
ފޯ ނޭޝަންސް ކަޕް: ފަހު ސެމީން ރާއްޖެ ބަލިވެއްޖެ
ފޯ ނޭޝަންސް ކަޕް ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ފަހު ސެމީ ފައިނަލުގައި ރާއްޖެ ބަލިކޮށް މެލޭޝިޔާއިން ފައިނަލްގެ ފަހު ޖާގަ ހޯދައިފިއެވެ.

ސެމީ ފައިނަލްގެ ފަހު މެޗުން ރާއްޖެ މެލޭޝިޔާ އަތުން ބަލިވީ ސީދާ ތިން ސެޓުންނެވެ. ސެޓުތައް ދިޔައީ 25-14، 25-18 އަދި 25-23 އިންނެވެ.

ފޯ ނޭޝަންސްގެ ފައިނަލް މެޗުތައް ކުޅޭނީ މިއަދުއެވެ. ފިރިހެން ޑިވިޝަންގެ ފައިނަލްގައި ވާދަކުރާނީ ރާއްޖެ ބަލިކޮށް ފައިނަލަށް ދިޔަ މެލޭޝިޔާއާ އަފްގާނިސްތާނު ބަލިކޮށް ފައިނަލަށް ދިޔަ ސިންގަޕޫރެވެ.

ފައިނަލުގެ ފުރަތަމަ ޖާގަ ސިންގަޕޫރުން ހޯދިއިރު، ސިންގަޕޫރަކީ ލީގު ބުރުގައި ކުޅުނު ތިން މެޗުން ވެސް ބަލިވި ޓީމެކެވެ. އަނެއްކޮޅުން، އަފްގާނިސްތާނަކީ ލީގު ބުރުގައި ކުޅުނު ތިން މެޗުންވެސް މޮޅުވި ޓީމެކެވެ.

ސެމީ ފައިނަލްގެ ފަހު މެޗުން މެލޭޝިޔާ އަތުން ރާއްޖެ ބަލިވިއިރު، ރާއްޖެއިން ކުޅުނު ފުރަތަމަ މެޗުގައިވެސް މެލޭޝިއާ އަތުން ވަނީ ބަލިވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް