ads
ބީއެމްއެލްގެ ސެލްފް ސާވިސް އޭޓީއެމެއް: ސިޓީއުރާގައި ފައިސާ އާއި ޗެކު ޖަމާކުރެވޭ ހިދުމަތް ހުއްޓާލުމަށް ނިންމާފައިވަނީ މި އަންނަމަހުގެ އެއްވަނަ ދުވަހުން ފެށިގެން - ފޮޓޯ:ބީއެމްއެލް
އޭޓީއެމްއިން ސިޓީއުރައިގައި ފައިސާ ޖަމާކުރުމުގެ ހިދުމަތް ބީއެމްއެލުން ހުއްޓާލަނީ
ބީއެމްއެލް އޭޓީއެމުން ސިޓީއުރައިގައި ފައިސާ އާއި ޗެކު ޖަމާކުރެވޭ ހިދުމަތް ހުއްޓާލުމަށް ނިންމައިފިއެވެ.

ބީއެމްއެލުން ބުނި ގޮތުގައި އެ ހިދުމަތް ހުއްޓާލުމަށް ނިންމާފައިވަނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކަމުގައެވެ.

ސިޓީ އުރަ މެދުވެރިކޮށް އޭޓީއެމުން ފައިސާ އާއި ޗެކު ޖަމާކުރެވޭ ހިދުމަތުގެ ދަށުން، ނޫޓުގެ ކޮލެޓީ ދަށްވެގެން މެޝިނުން ގަބޫލުނުކުރާ ފައިސާ އާއި ފަސް ރުފިޔާ އަދި 10 ރުފިޔާގެ ނޫޓުވެސް އެކައުންޓަށް ޖަމާ ކުރެވެއެވެ.

އޭޓީއެމުން ފައިސާ ޖަމާކުރެވޭ ހިދުމަތާ ހިލާފަށް، ސިޓީ އުރައިގައި ޖަމާކުރާ ހިދުމަތުގައި ފައިސާ އާއި ޗެކު އެކައުންޓަށް ޖަމާވަނީ ބަންދު ދުވަސްތައް ނުހިމަނާ ޖެހިގެން އަންނަ ދުވަހުއެވެ. އެހެން ބޭންކުތަކުގެ ޗެކުތައް އެކައުންޓަށް ޖަމާވާން އާންމުކޮށް ދެ ދުވަސް ނަގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް