ބުކިން ހެދުމެއް ނެތި ހަފްތާ ބަންދު ދުވަސްތަކުގައި އެ ރަށަށް ދެވޭ ގޮތަށް ހަމަޖެއްސި ނަމަވެސް، ރަށުން އަށި ނުވަތަ ރޫމެއް ބޭނުން ކުރަން އެދޭ ނަމަ، ކުޑަގިރި އެޕްލިކޭޝަން މެދުވެރިކޮށް ބުކިން ހަދަން ޖެހޭނެއެވެ.
ހަފުތާ ބަންދު ދުވަސްތަކުގައި ބުކިން ނަހަދާ ކުޑަގިރިއަށް ދެވޭ ގޮތަށް އޮތް ނަމަވެސް، ބަންދު ނޫން ދުވަސްތަކުގައި އެ ރަށަށް ދިއުމަށް އެޕްލިކޭޝަން ނުވަތަ ވެބްސައިޓު މެދުވެރިކޮށް ބުކިން ހައްދަން ޖެހޭނެއެވެ.
ކެއްކުމާއި ފޯނު ޗާޖުކުރުން ފަދަ ހިދުމަތްތައް ލިބޭގޮތަށް ރަށުގައި ހުންނަ 'ކުޑައަށި' އަށް ޗާޖު ކުރާނީ މުޅި ދުވަހު އެއްކޮށް ނަގާނަމަ 500 ރުފިޔާއެވެ. ހާފް ދުވަހަކަށް ނަމަ 250 ރުފިޔާއެވެ. 'ބޮޑުއަށި' ނަގާ ނަމަ ޗާޖު ކުރާނީ ދުވާލަކަށް 1،200 ރުފިޔާއެވެ.
އާންމުންނަށް ދެވޭ ގޮތަށް ރަށް ހުޅުވާލިއިރު، ކުޑަގިރިއަށް ދެވެނީ، ދާން އެދޭ މީހުންގެ މައުލޫމާތު އެޕްލިކޭޝަން މެދުވެރިކޮށް ދިނުމަށް ފަހުގައެވެ.
މި މަހުގެ 11 ވަނަ ދުވަހު ރަސްމީކޮށް ހުޅުވާލި ކުޑަގިރިއަށް،
ކުޑަގިރީގެ ފާހާނާ ބަރިތަކާއި ޗޭންޖިން ރޫމަކާއި މިސްކިތެއްގެ އިތުރުން ބާބަކިއު އޭރިއާއެއްގެ އިތުރުން ކުޑަކުދިން ކުޅިވަރު ކުޅުމަށް ހާއްސަ ސަރަހައްދެއް ގާއިމުކޮށްފައިވެއެވެ. އެ ތަންތަން ބޭނުން ކުރުމަށް އެއްވެސް ފީއެއް ނުނަަގާނެއެވެ.