ads
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު: އެސްޑީއެފް ބެލެހެއްޓުމުގެ ބާރުތައް ރައީސްގެ އިތުރުން ފިނޭންސް މިނިސްޓަރަށް ލިބޭ ގޮތަށް ހުށަހެޅި އިސްލާހު ވަނީ ފާސްކޮށްފައި - ފޮޓޯ:ރައީސް އޮފީސް
ސޮވެރިން ފަންޑު ބެލެހެއްޓުމުގެ ބާރުތައް ރައީސްއަށާއި ފިނޭންސް މިނިސްޓަރަށް
އެސްޑީއެފް ބެލެހެއްޓުމުގެ ބާރުތައް ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ފިނޭންސް މިނިސްޓަރަށް ލިބޭ ގޮތަށް މާލިއްޔަތު ގާނޫނަށް ހުށައެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
Advertisement

ސަރުކާރުގެ ފަރާތުން، ދައުލަތުގެ މާލީއްޔަތު ގާނޫނަށް އިސްލާހު ހުށައަޅާފައިވަނީ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު މުހައްމަދު މުމްތާޒެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު ވަނީ ފާސްކޮށްފައެވެ. އެ ރިޕޯޓު ފާސްކުރީ ވޯޓުގައި ބައިވެރިވި 44 މެންބަރުންގެ އަގުލަބިއްޔަތުންނެވެ. އެއް މެންބަރަކު ވަނީ ރިޕޯޓު ފާސް ކުރަން ނުފެންނަކަމަށް ވޯޓު ދީފައެވެ.

ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރި އިސްލާހުގައިވާ ގޮތުން، ސޮވެރިން ފަންޑުގެ ގޮތުގައި އެމްއެމްއޭގައި ކަސްޓޯޑިއަން އެކައުންޓެއް ގާއިމުކޮށް ބަލަހައްޓަންޖެހޭނެއެވެ. އެ އެކައުންޓަކީ ދައުލަތުގެ ފައިސާ އިންވެސްޓް ކުރުމަށާއި ދަރަނި އަދާކުރުމުގެ އިތުރުން އާމްދަނީ އިތުރު ކުރުމަށްޓަކައި ގާއިމު ކުރާ އެކައުންޓެކެވެ.

އެސްޑީއެފް އާ ގުޅުންހުރި އެއްވެސް މާއްދާއަކަށް ކޮމިޓީ މަރުހަލާގައި އިސްލާހެއް ގެނެސްފައެއް ނުވެއެވެ. އެހެންނަމަވެސް، ބައެއް އެހެން މާއްދާތަކަށް އެ ކޮމިޓީން ބަދަލުތައް ގެނެސްފައިވެއެވެ.

އެގޮތުން ދައުލަތުގެ ނަމުގައި ގެރެންޓީ ދޫކުރުމުގެ ބާރު ހަމައެކަނި މިނިސްޓަރަށް ލިބިދޭ ގޮތަށް އޮތް މާއްދާ މާލިއްޔަތު ކޮމިޓީން ވަނީ އިސްލާހު ކޮށްފައެވެ. އެ އިސްލާހުގައިވާ ގޮތުން ގެރެންޓީ ދެވޭނީ، އެ ކަމަށް ކަނޑައަޅާފައިވާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން މިނިސްޓަރު އެކަން ރައީސްއަށް ހުށަހެޅުމުން، ރައީސް ހުށަހަޅުއްވާ ގޮތުގެ މަތިން ކަމަށެވެ.

ކޮމިޓީން ބުނި ގޮތުގައި އެ މާއްދާ އިސްލާހު ކުރުމަށް ނިންމާފައިވަނީ ދައުލަތުގެ ދަރަންޏާއި ގެރެންޓީސް 100 ބިލިއަނާ ގާތް ކުރާ އަދަދަކަށް މިހާރު ގޮސްފައިވުމުން ކަމުގައެވެ. ދައުލަތުގެ ދަރަނި، ޖީޑީޕީ ނިސްބަތުން 100 އިންސައްތަ އާ ގާތްކުރާ އަދަދަކަށް ހުރިއިރު، ރާއްޖެ ފަދަ ނާޒުކު އިގުތިސޯދެއް އޮތް ގައުމަކުން ލޯނު ނެގުމަކީ ހެޑް އޮފް ސްޓޭޓް ލެވެލްގައި މުޅި ދައުލަތާއި ގައުމުގެ މާލީ ހާލަތަށް ރިއާޔަތްކޮށް ނިންމަން ޖެހޭ ނިންމުމެއް ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ބުނެފައިވާތީ ކަމަށް ވެސް އެ ކޮމިޓީން ހާމަކޮށްފައިވެއެވެ.

އިސްލާހުގައިވާ ގޮތުން އެސްޑީއެފްއަށް އިންވެސްޓް ކުރާނެ ގޮތްތައް ނިންމުމަށް ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެއް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލަން ޖެހެއެވެ. ސޮވެރިން ފަންޑުގެ އުސޫލުތައް މާލިއްޔަތު ގަވާއިދުގައި ބަޔާންކުރަން ލާޒިމުކޮށްފައިވާއިރު، އެ ފަންޑު އޮޑިޓުކޮށް ހިސާބުތައް ބެލެހެއްޓުންވެސް މި އިސްލާހުން ލާޒިމުކޮށްފައިވެއެވެ.

ސޮވެރިން ފަންޑަކީ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ނަގާ ލޯނު ދެއްކުމުގެ ގާބިލުކަން ހޯދުމަށާއި ނަގާ ދަރަނި އަދާ ކުރުމުގައި އިގުތިސާދަށް އަތުވެދާނެ ލޮޅުމަކުން ލިބޭ ގެެއްލުން ފޫބެއްދުމަށް 2017 ވަނަ އަހަރު އުފެއްދި ފަންޑެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް