ads
ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު
ފައިސާ ހޯދަން ވެންޓިލޭޓަރުތަކުގެ މައްސަލަ އާބިޓްރޭޝަނަށް
ކޮވިޑް 19 ގެ ބަލިމަޑުކަން ރާއްޖޭގައި އެންމެ ހަލުވިކަމާއެކު ފެތުރެމުންދިޔަ ދުވަސްވަރު ދުބާއީގެ އެގްޒެކިއުޓާސް އާއި ހަވާލުކޮށްގެން ވެންޓިލޭޓަރު ހޯދުމަށް، ކުރި މަސައްކަތުގައި އެޑްވާންސް ފައިސާ ނެގުމަށްފަހު ވެންޓިލޭޓަރުތައް ސަޕްލައި ކޮށްނުދިން މައްސަލަ ރާއްޖޭގެ ފަރާތުން އެކުންފުންޏާއި ދެކޮޅަށް އާބިޓްރޭޝަނަށް ހުށަހަޅައިފި އެވެ.

ބަންޑާރަ ނައިބުގެ އޮފީހުން ބުނީ އެ ކުންފުނިން އެއްބަސްވުމާއި ހިލާފުވި މައްސަލަ "މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރަށް" ހުށަހެޅީ މިމަހުގެ 16 ވަނަ ދުވަހު ކަމަށެވެ.

ބަންޑާރަ ނައިބުގެ އޮފީހުން ބުނީ މިމައްސަލަ އާބިޓްރޭޝަނަށް ހުށަހެޅީ، ވެންޓިލޭޓަރު ހޯދުމަށް ދެއްކި 32.5 މިލިއަން ޑޮލަރަށްވާ އެމެރިކާ ޑޮލަރު (2.1 މިލިއަން ޑޮލަރު) ގެ އިތުރުން އިންޓަރެސްޓާއި އާބިޓްރޭޝަންގެ ހަރަދުތައް ހޯދުމަށް ކަމަށެވެ.

2 އޭޕްރީލް 2020 ވަނަ އަހަރު ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާއި ހެލްތު މިނިސްޓްރީއާއި ދެމެދު އެއްބަސްވީ 75 ވެންޓިލޭޓަރު ހޯދުމަށެވެ. ހެލްތް މިނިސްޓްރީން ކުރިން ބުނެފައިވަނީ މި އެއްބަސްވުމުގެ ދަށުން 15 ވެންޓިލޭޓަރު ލިބުނުއިރު، އޭގެތެރެއިން ފަސް ވެންޓިލޭޓަރެއްގެ ބައެއް އާލާތްތައްވެސް ނުލިބޭކަމަށެވެ.

އަދި ބާކީ 60 ވެންޓިލޭޓަރު މިހާތަނަށްވެސް ލިބިފައިނުވާއިރު ވެންޓިލޭޓަރު ސައިޕްލައި ކުރަން އެއްބަސްވި ކުންފުނިން އެދެވޭ ޖަވާބެއްވެސް ދީފައި ނުވާކަމަށް ހެލްތުން ކުރިން ބުނެފައި ވެއެވެ.

މި މައްސަލަ އާއި ގުޅިގެން މީގެ ކުރިން އޭސީސީއިން ކުރިއަށް ގެންދިޔަ ތަހުގީގަށްފަހު އެ ކޮމިޝަނުން އާއްމުކޮށްފައިވާ ރިޕޯޓުގައި އެ ކުންފުންޏާއި އެކު ހެލްތު މިނިސްޓްރީން ސޮއި ކުރީ ބޭންކު ގެރެންޓީއަކާއި ނުލާ، މާލިއްޔަރު ގަވައިދާއި ހިލާފަށް ކަމަށްވަނީ ފާހަގަ ކޮށްފަ އެވެ. 

ވެންޓިލޭޓަރު މައްސަލައިގައި މީގެ ކުރިން އޭސީސީން ކުރި ތަހުގީގަށްފަހު ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީންއާއެކު 11 މީހެއްގެ މައްޗަށް ދައުވާކުރަން ޕީޖީގެ އޮފީހަށް ފޮނުވި އެވެ. ނަމަވެސް އުންސުރު ހަމަނުވާކަމަށް ވިދާޅުވެ މިމައްސަލާގައި ޕީޖީން އަންނަނީ ދައުވާ ކުރުމަށް ދެކޮޅު ހަދަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް