ads
ދިވެހި އަންހެން ވޮލީ ޓީމު ކުޅުންތެރިއެއް
ފޯ ނޭޝަންސް ކަޕް: ފޯރިގަދަ ފައިނަލަކާއެކު ސިންގަޕޫރަށް ތަށި
ފޯރި ގަދަ ފައިނަލެއްގައި ދިވެހި އަންހެން ޓީމު ބަލިކޮށް ފޯ ނޭޝަންސް ކަޕުގެ ޗެމްޕިއަންކަން ސިންގަޕޫރުން ހޯދައިފިއެވެ.

މާލޭގައި މިރޭ ނިމުނު ފޯ ނޭޝަންސް ކަޕުގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ސިންގަޕޫރުން ހޯދީ ފަސް ސެޓު ކުޅެގެންނެވެ. ފޯ ނޭޝަންސް ކަޕްގެ ޗެމްޕިއަންކަން ސިންގަޕޫރުން ހޯދީ މުބާރާތުގައި ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް ސައްތައިން ސައްތަ ރެކޯޑަކާ އެކުގަ އެވެ.

ސިންގަޕޫރުންވަނީ ލީގު ބުރުގައި ރާއްޖެ އަތުން ސީދާ ތިން ސެޓުން އަދި މެލޭޝީއާ އަތުންވެސް ސީދާ ތިން ސެޓުން މޮޅުވެފަ އެވެ. ރާއްޖެ ފައިނަލަށް އައީ ސެމީ ފައިނަލުގައި މެލޭޝިއާ 3-2 ސެޓުން ބަލިކޮށްގެންނެވެ.

ފައިނަލް މެޗުގެ ސެޓުތައް ދިޔައީ  18-25، 22-25،  25-19،  25-19 އަދި 11-15 ންނެވެ.

މި މުބާރާތުގެ ރިހި މެޑެއްޔާއެކު، ދިވެހި އަންހެން ޓީމަށް ބައިނަލް އަގްވާމީ ވޮލީގައި ދެވަނަ ރިހި މެޑަލެއް ލިބުނީއެވެ.

ރާއްޖޭން ވަނީ 2019 ވަނަ އަހަރު ބަންގްލަދޭޝްގައި ބޭއްވި ސެންޓްރަލް ޒޯން ވިމެންސް މުބާރާތުން ރިހި މެޑަލް ހޯދައިފަ އެވެ. އޭގެ ދެ އަހަރު ކުރިން މާލޭގައި ހޯސްޓްކުރި އެފްއައިވީބީ ކޮލިފައިންގައި ގައުމީ އަންހެން ޓީމަށް ލިބުނީ ލޯ މެޑަލް އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް