ads
މިދިޔަ ޖެނުއަރީ މަހު ބޭއްވި ރިޔާސީ ޕްރައިމަރީގައި ނަންނެތް މީހަކު ވޯޯޓު އެޅިކަމަށް ބުނެ ނަޝީދުގެ ކެމްޕެއިން ޓީމުން ވޯޓުލުން ހުއްޓުވައިގެން-----
ޕްރައިމަރީ ބާތިލުކުރަން ހުށަހެޅި މައްސަލައިގެ ޝަރީއަތް ފެށުން ފަސްކޮށްފި
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަލުން ބާއްވައިދިނުން އެދި ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ ޝަރީއަތް ފެށުން ލަސްކޮށްފި އެވެ.
Advertisement

މިއަދުގެ 10:00 ގައި ފަށަން ތާވަލުކޮށްފައި އޮތް މިމައްސަލާގެ ޝަރީއަތް މިހާރު ފަސްކޮށްފައިވަނީ އަންނަ އާދިއްތަ ދުވަހުގެ 10:15 އަށެވެ.

އެމްޑީޕީގެ ޕްރައިމަރީއާ ގުޅޭ ގޮތުން ތިން މައްސަލައެއް ކޯޓަށް ހުށަހެޅި ނަމަވެސް އޭގެތެރެއިން ބަލައިގަންފައިވަނީ އެއް މައްސަަލައެކެވެ. އެ މައްސަލާގައި އެދިފައިވަނީ މިދިޔަ މަހު ބޭއްވި އެމްޑީީޕީގެ ރިޔާސީ ޕްރައިމަރީ އަކީ ބައެއް މެމްބަރުންނަށް ވޯޓު ދިނުމުގެ ހައްގު ގެއްލޭގޮތަށް ބޭއްވި އިންތިހާބެއް ކަމުން އެ އިންތިހާބު ސައްހަ ނޫން ކަމަށް ކަނޑައަޅައިދީ އެ މެންބަރުން ހިމަނައިގެން އަލުން އިންތިހާބު ބޭއްވުމަށް އެމްޑީޕީގެ މައްޗަށް އަމުރު ކޮށްދިނުމަށެވެ.

މައްސަލާގައި ބުނެފައިވަނީ ޕާޓީގެ މެންބަރަކު ވަކިކުރުމަކީ މެންބަރާ މެދު އަޅާ ފިޔަވަޅެއްކަން އަސާސީ ގަވާއިދުން އެނގެން އޮންނައިރު، ޕާޓީގެ ދަފްތަރުން 39،000 މެންބަރުން ވަކިކުރީ ފިޔަވަޅު އެޅުމުގައި އަމަލު ކުރަންޖެހޭ އިޖުރާއަތުތަކާ ހިލާފަށް ކަމަށެވެ.

ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު ބޭއްވި އެމްޑީޕީގެ ޕްރައިމަރީ އިންތިހާބު ބޮޑު ތަފާތަކުން ކާމިޔާބުކުރެއްވީ ރައީސް ސޯލިހު އެވެ. މި އިންތިހާބުން ނަޝީދަށް ލިބިވަޑައިގަތީ 39 އިންސައްތަ ވޯޓެވެ. އިންތިހާބު ކާމިޔާބު ކުރެއްވި ރައީސް ސޯލިހަށް ލިބިވަޑައިގަތީ 61 އިންސައްތަ ވޯޓެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ސިވިލް ކޯޓުގައި ވަނީ މި މައްސަލާގައި ވަގުތީ އަމުރަކަށް އެދިފަ އެވެ. އެއީ، ކޯޓަށް ހުށަހެޅި މައްސަލާގައި ވަކި ގޮތެއް ނިންމުމުގެ ކުރިން ރިޔާސީ ޓިކެޓު ހަވާލުކުރަން ހުއްޓުވުމަށް އަމުރު ކޮށްދިނުމަށެވެ. އެހެންނަމަވެސް ރިޔާސީ ޓިކެޓް މިހާރުވަނީ ރައީސް ސޯލިހަށް އަރުވާފައެވެ.

މީގެ އިތުރުން ރިޔާސީ އިންތިހާބަށް ސިޔާސީ ޕާޓީތަކާއި އެކު މަޝްވަރާކޮށް ކޯލިޝަން ހެދުމުގެ ބާރު ރައީސަށް ދިނުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކޮށްފައިވާ ފާސްކުރުމާ އެއް ގޮތަށް ރައީސްވަނީ މަސައްކަތްވެސް ފަށްޓަވާފައެވެ.

އިންތިހާބާއި ގުޅޭ މައްސަލަ އެންމެ ފަހުން ކޯޓާ ހިސާބަށް ދިޔައިރު، އިންތިހާބުގެ ސައްހަ ކަމާ މެދު ސުވާލު އުފައްދައި ނަޝީދުގެ ފަރާތްޕުޅުން ގިނަ ޝަކުވާތަކެއް ހުށަހަޅާފައިވެއެވެ. އެހެންނަމަވެސް އިންތިހާބާ ބެހޭ ކޮމިޓީން ބުނެފައި ވަނީ ނަތީޖާއަށް ބަދަލެއް އަންނާނެ ވަރުގެ އެއްވެސް ޝަކުވާއެއް ނެތް ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް