ads
ވެލާނާގެ ކައިރި ޕާކުކުރާނެ ޖާގަ ނެތިގެން މުވައްޒަފުން އިހުތިޖާޖުކޮށްފި
ޕާކު ކުރާނެ ޖާގަ ނެތިގެން ވެލާނާގޭގައި މަސައްކަތްކުރާ މުވައްޒަފުން މިއަދު އިހުތިޖާޖެއް ކޮށްފިއެވެ.
Advertisement

މިއަދު ވެލާނާގޭ ކުރިމަތީ އިހުތިޖާޖު ކުރި ބައިވެރިންގެ މައިގަނޑު ޝަކުވާއަކަށްވީ އެ ސަރަހައްދުގައި ޕާކު ކުރުމަށް ހަދާފައިވާ ތިން ޕާކިން ޒޯނެއްގެ ތެރެއިން އެއް ތަނެއްގައި ރަސްމީ ދުވަހެއްގައި މަސައްކަތެއް ކުރުމަށް ބަންދުކޮށްފައި ހުރުމުން ޕާކު ކުރުމަށް ދަތި ވުމެވެ.

އިހުތިޖާޖުގައި މައިގަނޑު ގޮތެއްގައި ހަރަކާތްތެރިވީ ޔޫތު މިނިސްޓްރީގެ މުވައްޒަފުން ކަމަށް ސީއެންއެމް އަށް ވަނީ މައުލޫމާތު ލިބިފައެވެ. އަދި ހޯމް މިނިސްޓްރީގެ އިތުރުން ސަރުކާރުގެ އެހެން ވުޒާރާތަކުގެ މުވައްޒަފުން ވެސް އެ އިހުތިޖާޖުގައި ވަނީ ބައިވެރިވެފައެވެ.  

ސަރުކާރު އެންމެ ގިނަ އޮފީސްތައް އެއްތަނެއްގައި ހުންނަ ވެލާނާގެ ކައިރި އިހުތިޖާޖު ކުރި ބައެއް މީހުން މިއަދު ވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާ ކައިރިއަށް އެއްވެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ސީއެންއެމް އަށް ވާހަކަ ދައްކަމުން އެ ސަރަހައްދުގައި ހުރި މީހަކު ބުނީ، މިއަދު ވަނީ ދަރުމަވަންތަ ސްކޫލާ ދިމާލަށް އޮންނަ ޕާކިން ޒޯނުގައި މަސައްކަތެއް ކުރާތީ ސަތަރިދަމާ ބަންދުކޮށްފައި ކަމަށާއި ރަސްމީ ދުވަހެއްގައި އެގޮތަށް ޕާކުރާނެ ތަނެއް ބަންދުކޮށްފައި އޮތުމުން މުވައްޒަފުންނަށް ދަތި ކުރިމަތިވި ކަމަށެވެ.

އިތުރަ

your imageވެލާނާ ކައިރީން ދަރުމަވަންތަ ސްކޫލު ކައިރީ އޮންނަ ޕާކިން ޒޯން ސަތަރި ޖަހައި ބަންދުކޮށްފައި——ފޮޓޯ: ސީއެންއެމް

އިތުރަށް ވާހަކަ ދެއްކި މުވައްޒަފަކު ބުނީ، ޕާކިން ޒޯން ބަންދުކުރުމުގެ ކުރިން ނޯޓިސް އެއް ދީ އެކަން އަންގާލުން ރަނގަޅު ކަމަށް ގަބޫލުކުރާ ކަމަށެވެ.

ވެލާނާ ބިލްޑިންގް ހުންނަ އަމީރު އަހުމަދު މަގުން، އެ ބިލްޑިންގްގެ ކުރިމަތީގައި ވެހިކަލް ޕާކުކުރުމަކީ މަނާކަމެކެވެ. އެ ސަރަހައްދުގައި ޕާކް ކޮށްފައި ހުރި ސައިކަލުތަކެއްގައި މި މަހުގެ 12 ވަނަ ދުވަހުގެ ރަސްމީ ގަޑީގައި ފުލުހުން ނުކުމެ ވަނީ އެ ތަނުގައި ހުރި ހުރިހާ ސައިކަލެއްގައި ސްޓިކާ ޖަހައިފަ އެވެ. އެ ފަހުން އެ ސަރަހައްދުގައި ޕާކް ކުރުން ވަނީ ހުއްޓާލާފައެވެ.

20%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
80%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް