ads
އަޕްޝިފްޓް ޕްރޮގްރާމް އިފްތިތާހުކޮށްދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ވާހަކަފުޅު ދައްކަވަނީ-- ފޮޓޯ/ ރައީސް އޮފީސް
ދުނިޔެއަށް އެދެވޭ ބަދަލުތައް ގެންނަނީ ޒުވާން ލީޑަރުން: ފައިސަލް
ދުނިޔެއަށް އެދެވޭ ބަދަލުތައް ގެނައުމުގައި އިސްދައުރެއް އަދާކުރަމުން އަންނަނީ އަރަމުން އަންނަ ޒުވާން ލީޑަރުންކަމުގައި ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ފައިސަލް މިހެން ވިދާޅުވީ ހިރިޔާ ސްކޫލުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި "އަޕްޝިފްޓް" ޕްރޮގްރާމް އިފުތިތާހްކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

"އަޕްޝިޕްޓް" ޕްރޮގްރާމަކީ އަރަމުން އަންނަ ޒުވާން ލީޑަރުންނަށް، ދިރިއުޅުމަށް ބޭނުންވާ ތަފާތު ހުނަރުތައް ދަސްކޮށްދިނުމުގެ ގޮތުން ޔުނައިޓެޑް ނޭޝަންސް ޗިލްޑްރެންސް ފަންޑް (ޔުނިސެފް) ކުރިޔަށްގެންދާ ބައިނަލްއަގްވާމީ ހަރަކާތެކެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފައިސަލް ވަނީ އާންމު ދިރިއުޅުމުގައި ވެސް ކްރިޓިކަލް، އެނަލެޓިކަލް އަދި އީޖާދީ ވިސްނުންތަކާއެކު ކުރިޔަށްދިއުމަށް ދަރިވަރުންގެ ކިބައިން އެދިވަޑައިގެންފައެވެ.

އޭގެ އިތުރުން ދިރިއުޅުމުގައި ކޮންމެ ދުވަހަކު ކުރިމަތިވާ މައްސަލަތަކާމެދު ވިސްނައި އެ މަސައްލަތަކަށް ހޯދޭނެ ޙައްލުތަކާމެދު ވިސްނުން ގެންގުޅުމަށްވެސް ނައިބު ރައީސް ވަނީ ދަރިވަރުންނަށް ގޮވާލައްވާފައެވެ. އަދި ޓީމެއްގެ ގޮތުގައި ގުޅިގެން މަސައްކަތްކުރުމުގެ ފައިދާތައް ބަޔާންކޮށްދެއްވައި އެއް އަމާޒަކަށް ވާސިލުވުމަށް އެކުގައި މަސައްކަތްކުރުމަށް ވެސް އެމަނިކުފާނު ދަރިވަރުންގެ ކިބައިން އެދިވަޑައިގެންނެވިއެވެ.

ޔުނިސެފް އާއި މިނިސްޓްރީ އޮފް އެޑިއުކޭޝަން ގުޅިގެން ރާއްޖޭގައި މި ހަރަކާތް ފުރަތަމަ ފަށަނީ ޕައިލޮޓްކޮށް، ރާއްޖޭގެ 48 ސްކޫލެއްގައި ގްރޭޑް ހަތެއް އަދި އަށެއްގެ ދަރިވަރުންނަށް އަމާޒުކޮށްގެންނެވެ.

މިހަރަކާތް މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައި ވަނީ ހުނަރުތައް ތަރައްގީކުރުމަށާއި ޖަމާއަތަށް ހެޔޮ ބަދަލުތައް ގެނައުމަށް ގުޅިގެން މަސައްކަތް ކުރުމާއި ވިޔަފާރިވެރިކަމާއި ޒުވާނުން ބާރުވެރިކުރުމުގެ މައްޗަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް