ads
ހުކުރު މިސްކިތުގައި ހުރި ބައެއް ގަސްތަކުގެ ސަބަބުން މަހާނައަކަށް ގެއްލުންވެފައި——
މަހާނަ ގާތަކަށް ގެއްލުންވާތީ ހުކުރު މިސްކިތު ގޯތިތެރޭގައި ހުރި ގަސްތަށް ނަގަނީ
މަހާނަ ގާތަކަށް ގެއްލުންވާތީ ހުކުރު މިސްކިތު ގޯތިތެރޭގައި ހުރި ގަސްތައް އެތަނުން ނަގާ ހުޅުމާލެ ދެވަނަ ފިޔަވައްސަށް ބަދަލުކުރަން ހެރިޓޭޖު މިނިސްޓްރީން ނިންމައިފި އެވެ.
Advertisement

މަހާނަ ގާތަކަށް ގަސްތަކުގެ ސަބަބުން ގެއްލުންވެފައިވާ ފޮޓޯތަކަކާއިއެކު އެ މިނިސްޓްރީން މިއަދު ކުރި ޓުވީޓެއްގައި ބުނީ، މާލޭ ހުކުރު މިސްކިތުގެ ދެކުނު ފަރާތަށްވާ ގޮތަށް ހުރި ގަސްތަކުގެ ސަބަބުން ގަބުރުސްތާނުގެ މަހާނަ ގާތަކަށް އެކި ވަރުގެ ގެއްލުން ލިބެމުންދާ ކަމަށެވެ.

"މި ގަސްތައް އެހެން ތަނަކަށް ބަދަލުކުރުމުގެ މަސައްކަތް މި މަރުކަޒާއި އެޗްޑީސީއާއި ގުޅިގެން ކުރިޔަށް ގެންދިޔުމަށް ވަނީ ހަމަޖެހިފަ. މި ގަސްތައް ބަދަލުކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ފޭސް ގެ ހިޔާ ޓަވާ ޕާކަށް." މިނިސްޓްރީން ބުންޏެވެ.


މިނިސްޓްރީން އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަގޮތުން ގިނަ ދުވަސްވީ އެގަސްތަކުގެ މޫތަށް އެކި ދިމަދިމާލަށް ފެތުރުމުގެ ސަބަބުންނާއި، ބައެއް ގަސްތައް މަހާނަތަކުގައި ޖެހުމުގެ ސަބަބުން މަހާނަތަކަށް އެކި ވަރުގެ ގެއްލުން ވަނީ ލިބިފައެވެ. އެގޮތުން ބައެއް ގާތައް ކޮންމެވެސް ވަރަކަށް ބިންދައިގެން ގޮސްފައި ވެސް ވެއެވެ. 

ހެރިޓޭޖު މިނިސްޓްރީން "ސީއެންއެމް" އަށް މައުލޫމާތު ދިންގޮތުގައި މަހާނަތަކަށް ބޮޑަށް ގެއްލުން ވަމުންދަނީ އެތަނުގައި ހުރި ބައެއް ގަސްތަކުގެ މޫތަކުގެ ސަބަބުން ނެވެ. މޫތަށް ވަރަށް ދުރަށް ފެތުރިގެން ގޮސް މަހާނަގާތަކުގެ އަޑިން ބިންގަނޑު ފަޅައިގެންގޮސް މަހާނަ ގާތަށް ވެސް ބިންދައިގެންދާގޮތް ވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

މިމައްސަލަ މިގޮތަށް ކުރިމަތިވާތީ އެތަނުގައި ހުރި ދެ ގަހެއް މީގެ ކުރީންވެސް ހުޅުމާލޭގެ ސެންޓަރަލް ޕާކަށް ވަނީ ބަދަލުކޮށްފައެވެ. މި ފަހަރު ތިން ގަސް ހުޅުމާލެ ދެވަނަ ފިޔަވަހީގެ ޕާކަށް ބަދަލުކުރާނެ އެވެ.

މާލޭ ހުކުރު މިސްކިތް ބިނާކުރެއްވީ، އައްސުލްޠާނު އިބްރާހިމް އިސްކަންދަރު1 ނުވަތަ އިސްކަންދަރު ރަސްގެފާނެވެ. މިސްކިތް ބިނާކޮށް ނިމުނީ އެރަދުންގެ ރަސްކަމުގެ ދިހަވަނަ އަހަރުއެވެ. މިއީ ދިވެހިރާއްޖެ އިސްލާމް ވުމަށްފަހު، ބިނާކުރި ފުރަތަމަ މިސްކިތް ހުރި ބިމުގައި ކުރީގައިހުރި މިސްކިތް ކުޑަވެގެން އެ މިސްކިތުގެ ބަދަލުގައި ބިނާކުރެވުނު މިސްކިތެކެވެ.

މާލޭ ހުކުރު މިސްކިތުގެ ގަބުރުސްތާނަކީ ވެސް ދިވެހިރާއްޖޭގެ ތާރީހާއިބެހޭ، އަދި އިހުގެ އާސާރީ މަސައްކަތްތައް ރަމްޒުކޮށްދޭ ތަނެކެވެ. ދިވެހި ތާރީހުގައި ވަރަށް ނަންހުރި ރަސްރަސްކަލުންނާއި އިލްމުވެރިންނާއި އެޒަމާނުގައި ދައުލަތުގެ ކުރީސަފުގައި ތިބި ބައެއްގެ މަހާނަތައް އެތަނުގެ ތެރޭގައި ވެއެވެ. މީގެތެރެއިން ބައެއް ތަންތަން ވަނީ ޒިޔާރަތް ތަކެއްގެ ގޮތުގައި ހިރިގަލުން ބިނާކޮށް، ފުރާޅުލައި ހިޔާކޮށްފަ އެވެ. 

އޭގެތެރޭގައި ހުކުރު މިސްކިތުގެ ދެކުނު ދޮރާށިން ފައިބާއިރު ކަނާއަތް ފަރާތުގައި އެ މިސްކިތާއި ދާދި ކާރީގައިހުރި އިސްކަންދަރު މަހާރަދުންގެ ޒިޔާރަތް ފާހަގަ ކުރެވެއެވެ. މިއީ އައްސުލްތާން އިބްރާހިމް އިސްކަންދަރު ސިރީ ކުލަރަންމީބަ ކައްތިރި ބަވަނަ މަހާރަދުންގެ ޒިޔާރަތެވެ. މިޒިޔާރަތުގައި ވަނީ ހަމައެކަނި އިސްކަންދަރު ރަސްގެފާނުގެ މަހާނަފުޅެވެ. މި މަހާނަފުޅުގައި ޖަހައިފައި ހުރި މަހާނަގަލަކީ ވަރަށް ރީތިކޮށް ކުރެހުންއަޅައި ފަރުމާކޮށްފައިވާ ހިރިގަލެކެވެ. ފައިލާކޮޅުގެ ގަލުގައި ދިވެސް އަކުރުން ލިޔެފައިހުރި ލިޔުމުގައި، އެއީ އިސްކަންދަރު ރަސްގެފާނުގެ މަހާނަފުޅު ކަމަށާއި އަވަހާރަވި ތާރީހޚު ދިވެސް އަކުރުން ލިޔެފައިވެ އެވެ. 

އެތަނުގައި ހުރި ފާހަގަކޮށްލެވޭ އިތުރު ޒިޔާރާތްތައް

  • އިސްކަންދަރު ރަސްގެފާނުންގެ މަންމާފުޅާއި ދަރިކަލުން އައްސުލްޠާން މުހައްމަދުގެ ޒިޔާރަތް
  • ދެއްވަދޫ ރަސްގެފާނުގެ ޒިޔާރަތް
  • ދިޔަމިގިލީ ރަދުންގެ ޒިޔާރަތް
  • އިބްރާހިމްރަސްގެފާނުގެ ޒިޔާރަތް 
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް