ads
އަސް ރޭހެއް ކާމިޔާބުކުރި މުސްލިމް އިގިރޭސި އަންހެން ފުރަތަމަ އެތްލީޓް
މުސްލިމް އަންހެން އެތްލީޓުންނަށް އަދިވެސް އެތައް ހުރަސްތަކެއް
ކުޅިވަރު ހަރަކާތްތަކުގައި ބައިވެރިވުމަށް މުސްލިމް އަންހެން އެތްލީޓުންނަށް ހުރި ހުރަސްތައް ގިރާކުރުމުގައި ދިމާވާ ގޮން ޖެހުންތަކަށް ހައްލެއް ލިބުން އަދިވެސް ވަރަށް ލަސް ކަމަށް އިގިރޭސި މުސްލިމް އަންހެން އެތްލީޓުންގެ އެސޯސިއޭޝަނުން ހެދި ރިޕޯޓުގައިވަނީ ބުނެފައެވެ.
Advertisement

އިނގިރޭސި މުސްލިމް އަންހެން އެތްލީޓުންގެ އެންމެ ބޮޑު އެސޯސިއޭޝަން، "މުސްލިމާ ސްޕޯޓްސް އެސޯސިއޭޝަން" ގެ ރިޕޯޓުގައި ބުނެފައިވާ ގޮތުން މުސްލިމް އިގިރޭސި އަންހެން އެތްލީޓުންގެ ބޮޑު ބަޔެއް، މިހާރަށް ވުރެ އިތުރަށް ކުޅިވަރުތަކުގައި ހަރަކާތްތެރިވުން އިތުރުކުރަން ބޭނުންވެއެވެ. އެ ރިޕޯޓުގައި ބުނެފައިވާ ގޮތުން ދިރާސާގައި ބައިވެރިކުރެވުނު މީހުންގެ 97 އިންސައްތަ މީހުން، ކުޅިވަރު ހަރަކާތްތަކުގައި މުސްލިމް އަންހެނުންގެ ބައިވެރިވުން އިތުރުކުރަން ބޭނުންވާއިރު، 37 އިން ސައްތަ މީހުންނަކީ އެއްވެސް ވަރަކަށް އެއްވެސް ކުޅިވަރެއްގައި ބައިވެރިނުވާ މީހުންނެވެ.

މުސްލިމާ ސްޕޯޓްސް އެސޯސިއޭޝަންގެ މި ދިރާސާއަކީ މުސްލިމް އަންހެނުންނަށް ކުޅިވަރު ހަރަކާތްތަކުގައި ބައިވެރިވުމުގައި ހުރި ގޮން ޖެހުންތައް ދެނެގަނެ، އެ ހުރަސްތައް ގިރާކުރުމަށް ކުރެވިދާނެ ކަންކަން ދެނެގަތުމަށް ކުރެވުނު ދިރާސާއެކެވެ. ދިރާސާގައި ބުނެފައިވާ ގޮތުގައި ކުޅިވަރު ހަރަކާތްތަކުގައި އަންހެނުން ބައިވެރިވުމަކީ އެ މީހުންނާ މެދު ދެކޭ ގޮތްތައްވެސް ރަނގަޅުވެގެން ދާނެ ކަމެކެވެ.

ހަމަ އެކަނި އަންހެނުން ބައިވެރިވާ ސްވިމިން ސެޝަން އަކަށް އައިމަ މި އެނގެނީ ލައިފް ގާޑަކަށް މި ހުންނަނީ ފިރިހެނެއްކަން. އެހާ ހިސާބުން "ހަމަ އެކަނި އަންހެނުންގެ ސެޝަން" ކަމަށް މި ބުނާ ބުނުމުގެ މަގްސަދުވެސް ގެއްލޭ. މި ކަހަލަ ކުދި ކުދި ކަންކަން ރަނގަޅުކޮށްލައިގެން އަންހެނުންގެ ބައިވެރިވުން އިތުރު ކުރެވޭނެ. ދިރާސާގެ ބައިވެރިއަކު ރިޕޯޓުގައި ބުނެފައިވެއެވެ.

މުސްލިމް އަންހެން އެތްލީޓުންގެ ބައިވެރިވުން ކުޅިވަރުތަކުގައި އިތުރު ކުރުމާ ގުޅޭ މި ދިރާސާ ހެދިފައިވާއިރު، މެދުއިރުމަތީގެ ބައެއް ގައުމުތަކުގައި އަންހެނުންނަށް ކުޅިވަރުގެ ބައެއް ހަރަކާތްތަކުން ފުރުސަތު ހޯދުމަކީ ބައެއް ފަހަރު އުނދަގޫ ކަމެކެވެ. މީގެ ދުވަސްކޮޅެއް ކުރިން އިރާނުގައި ފުޓުބޯޅަ މެޗެއް ބަލަން ސްޓޭޑިއަމަށް ވަން އަންހެން ސަޕޯޓަރުންތަކެއް ހައްޔަރުކޮށް، ދަނޑުން ބޭރުކުރި މައްސަލައެއްވަނީ މީޑިއާއަށް ތިލަވެފައެވެ. އެ ފަހަރުގެ ހާދިސާގައި އިރާނުގެ ތެހެރާނަށް ނިސްބަތްވާ ދެޓީމު ކުޅުނު މެޗެއް ބަލާލުމަށް ދަނޑަށް ވަން 35 އަންހެން ސަޕޯޓަރުން ވަނީ ހިފަހައްޓާފައެވެ.

މުސްލިމާ ސްޕޯޓްސް އެސޯސިއޭޝަންގެ ރިޕޯޓުގައިވަނީ މުސްލިމް އަންހެން އެތްލީޓުންގެ ބައިވެރިވުން އިތުރު ކުރުމަށް ބައެއް ހަރަކާތްތައް ރިކޮމެންޑްވެސްކޮށްފައެވެ. އަދި އެ ޖަމިއްޔާގެ އިސްނެގުމަށް ބައެއް ޓުއާރތައް ރާވާފައިވެސްވެއެވެ. އޭގެ ތެރޭގައި އެކިއެކި ކުޅިވަރު ސްޓޭޑިއަމްތަކަށް ދިޔުމާއި އަދި އެތްލީޓުންނާ ބައްދަލުކުރުން ފަދަ ކަންކަން ހިމެނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް