ads
ރައީސް ސޯލިހް މީގެ ކުރީން ކުރެއްވި ދަތުރުފުޅެއްގެ ތެރެއިން
ރައީސް ސޯލިހް މާދަމާ ހިރިލަންދޫއަަށް ވަޑައިގަންނަވަނީ
ރަސްމީ ދަތުރުފުޅެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، މާދަމާ ތ. ހިރިލަންދޫއަށް ވަޑައިގަންނަވަން ހަމަޖެހިއްޖެ އެވެ.

ރައީސް އޮފީހުން ބުނީ، ރައީސްގެ މި ދަތުރުފުޅަކީ ހިރިލަންދޫ ސްކޫލަށް 71 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބާއްވާ ހާއްސަ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. 

ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު "ސީއެންއެމް" އަށް ވިދާޅުވީ، ހިރިލަންދޫ އަށް ކުރައްވާ ދަތުރުފުޅަކީ އެއް ދުވަހުގެ ދަތުރުފުޅެއް ކަމަށެވެ. އެ ދަތުރުފުޅު ނިންމަވާލައްވާ ހަމަ އެދުވަހު ރައީސް މާލެ ވަޑައިގަންނަވާނެ ކަމަށެވެ. 

200 އަށްވުރެ ގިނަ ދަރިވަރުން ތައުލީމު ހާސިލުކުރަމުންދާ ހިރިލަންދޫ ސްކޫލަކީ ރާއްޖޭގައި ހުރި އެންމެ ދުވަސްވީ ސްކޫލުތަކުގެ ތެރެއިން ސްކޫލެކެވެ. 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު ތެރޭގައި އެ ސްކޫލުގެ ގޭޓުގައި ތަޅުއަޅުވައި ކިޔެވުން ހުއްޓުވާފައި ވެސް ވެއެވެ. 

your image2021 ވަނަ އަހަރުތެރޭ ހިރިލަންދޫ ސްކޫލު ބަންދުކޮށް ބެލެނިވެރިން ކުރި މުޒާހަރާ

އެ ސްކޫލުގައި ކިޔަވާ ދަރިވަރުންގެ ބެލެނިވެރިން ނިކުމެ ސްކޫލުގައި ތަޅުއަޅުވައި މުޒާހަރާ ކޮށްފައިވަނީ، ބާ އިމާރާތުގައި ވަރަށް ގިނަ ކްލާސްތަކެއް ނަގަމުން ދާއިރު، ވިއްސާރަ ވެއްޖެ ނަމަ ކުދިންނަށް ކިޔަވަން ދަތިވާ މިންވަރަށް ކްލާސްތަކަށް ވާރޭ ވެހި، ކިޔެވުމަށް ދަތިވާ ކަމަށް ބުނެ އެވެ. އަދި ކުރީގެ ސްކޫލުތައް އިމާރާތްކޮށްފައި ހުންނަނީ ވަރަށް ހާމަކަން ބޮޑުކޮށް ކަމުން ވައި ގަދަވެއްޖެނަމަވެސް ކިޔަވަން އުނދަގޫ ވާ ކަމަށް ބުނެވެސް ބެލެނިވެރިން އެފަަހަރު މުޒާހަރާ ކުރި އެވެ. 

ތަނުގައި އެކަށީގެންވާ ހިދުމަތްތަކެއް ނެތުމާއި އިމާރާތައް ގިނަ ދުވަސްވުމުގެ ސަބަބުން ކުރިމަތިވާ އެކި ދަތިތަކުގެ ސަބަބުން ކުދިންގެ ކިޔެވުމަށް އޭގެ ނޭދެވޭ އަސަރު ކުރާކަމަށް ބުނެވެސް ބެލެނިވެރިން އެފަހަރު ހިތްހަމަ ނުޖެހުން ފާޅުކޮށްފައި ވެއެވެ. 

ބެލެނިވެރީންގެ ޝަކުވާއަކީ ހިރިލަންދޫ ސްކޫލްގެ އިމާރާތުގެ މަރާމާތުކުރުމަށް ދައުލަތުގެ ބަޖެޓުގައި ހިމަނާ ނަމަވެސް މަސައްކަތްތައް ނުފެށޭތީ އާއި އެެއްވެސް ސަރުކާރަކުން އެ ސްކޫލުގެ ދަތިތަކަށް ހައްލެއް ހޯދައިދޭން މަސައްކަތްކުރަމުން ނުދިއުމެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް