ads
ލިޓްލް ޖެމްސް ޕްރީ ސްކޫލްގެ ދަރިވަރުންތަކެއް… ފޮޓީ/ލިޓްލް ޖެމްސް ސްކޫލް
ލިޓްލް ޖެމްސް ސްކޫލް އިމާރާތް 15 އަހަރަށް ހިންގާނެ ބަޔަކު ހޯދަނީ
ލިޓްލް ޖެމްސް ސްކޫލް މިހާރުވެސް ހިންގަމުން އަންނަ އިމާރާތުގައި ޕްރީ ސްކޫލެއް ހިންގާނެ ބަޔަކު ހޯދަން އިއުލާނު ކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހުޅުމާލޭ ލޮޓް ނަންބަރު 11489 ގައި އިމާރާތް ކޮށްފައިވާ ޕްރީ ސްކޫލް، މެނޭޖްމަންޓް ކޮންޓްރެކްޓްގެ ދަށުން 15 އަހަރަށް ހިންގައި ބަލަހައްޓައި ދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.

ޕްރީ ސްްކޫލު 15 އަހަރަށް ހިންގަން ހަވާލުކޮށްފައިވަނީ ކުރިން އެތަން ހިންގުމަށް ދިން މުއްދަތި ހަމަވާތީ ކަމަށް ވެސް މިނިސްޓްރީން ވަނީ އަންގާފައެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވަނީ އެ އިމާރާތުގައި ސްކޫލް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީ ވާން ޖެހޭނެ ކަމަށެވެ. ބީލަމުގައި ރަޖިސްޓްރީ ވުމުގެ ފުރުސަތު ހަމަ ވާނީ މި މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށެވެ.

"ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކުރުމަށް ފަހު 500 ރުފިޔާ ނޮންރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭއިރު، ބީލަން ހުށަހެޅޭނީ އެ މުއްދަތުގައި ރަޖިސްޓްރީކޮށް ފައިސާ ދައްކާފައިވާ ފަރާތްތަކަށް ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.

އިތުރަށް އެ އިއުލާނުގައި ބުނެފައިވަނީ ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ މި މަހުގެ 30 ވަނަ ދުވަހު އެޑިއުކޭޝަން މިނިސްޓްރީގައި ކަމަށެވެ. 

ހުޅުމާލޭގެ ފުރަތަމަ ޕްރީ ސްކޫލު ހުޅުވާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ. އޭރު އެ ތަން ކުއްޔަށް ދިނީ އެޗްޑީސީގެ ޗެއާމަންކަން ވެސް ކުރެއްވި ފުއާދު ގާސިމްގެ ކުންފުންޏަށެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް