ads
އެމްއެންޔޫގެ ގްރޭޖުއޭޝަންގެ ތެރެއިން: ފޮޓޯ އެމްއެންޔޫ
2024ގެ އޮސްޓްރޭލިއަން އެވޯޑްސް ސްކޮލަޝިޕަށް ހުޅުވާލައިފި
އޮސްޓްރޭލިއާ އެވޯޑްސް ސްކޮލަޝިޕްގައި 2024 ވަނަ އަހަރު ކިޔަވަން ބޭނުންވާ ފަރާތްތަކަށް އެސްކޮލަޝިޕަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ހަޔަ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ 1 މެއި 2023 ގެ ނިޔަލަށް ސްކޮލަޝިޕަށް ކުރިމަތިލުމަށް ހުޅުވާލާފައިވާކަމަށް ކޮލަމްބޯގައި ހުންނަ އޮސްޓްރޭލިއަން ހައިކޮމިޝަން އަންގާފައިވާ ކަމަށެވެ.

ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ބުނީ ސްކޮލަޝިޕަށް ހޮވޭ ދަރިވަރުންނަށް ދެކޮޅު ޓިކެޓް، އެސްޓެބްލިޝްމަންޓް އެލަވަންސް، ސްޓައިޕެންޑް، ޓިއުޝަން ފީ، ލިވިންގ އެލަވަންސާއި ހެލްތް އިންޝުރެންސް އަދި އެހެނިހެން އިންތިޒާމުތަކެއް ސްކޮލަޝިޕްދޭ ފަރާތުން ހަމަޖައްސާދެނެ ކަމަށެވެ.

މިކޯސްތަކަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ) އިން ޤަބޫލުކުރާ އިންސްޓިޓިއުޓެއްތޯއާއި، ހޮވިފައިވާ ކޯހަކީ އެމްކިޔުއޭ އިން ގަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރަން އިންގާފައިވެއެވެ. 

މީގެއިތުރުން ޕްރޮފެޝަނަލް ނުވަތަ ލައިސެންސިންގ ދާއިރާތަކުގެ ކޯސް ހެދުމަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކަމާބެހޭ އިދާރާތަކުން ގަބޫލުކުރާ މަރުކަޒެއްގައި އެ އިދާރާއަކުން ގަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރަންވާނެކަމަށްވެސް ހަޔައެޑިއުކޭޝަންގެ އިއުލާނުގައި ބުނެފައި ވެއެވެ.

ސްކޮލަޝިޕަށް ކުރިމަތިލުމުގެ ޝަރުތުތަކާއި ދާއިރާތަކާއި އިތުރު މައުލޫމާތު މިނިސްޓްރީގެ ވެބްސައިޓް www.mohe.gov.mv އިން ލިބެން ހުންނާނެކަމަށްވެސް އިއުލާނުގައި ބުނެފައިވެއެވެ. 

60%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް