ads
ތ. ހިރިލަންދޫ ފެނަކަ އާ އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ވާހަކަފުޅު ދައްކަވަނީ… ފޮޓޯ/ރައީސް އޮފީސް
ތަރައްގީގެ ޕްރޮޖެކްޓްތައް ރާވަނީ އިންތިހާބާ ދިމާކޮށެއް ނޫން: ރައީސް
ތަރައްގީގެ މަޝްރޫއުތައް ރާވާ އިއުލާނު ކުރަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބާ ދިމާކޮށް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
Advertisement

ތ. ހިރިލަންދޫ އަށް މިއަދު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެރަށު ފެނަކައިގެ އާ އޮފީސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މީގެ ކުރީގައި ސަރުކާރުތަކުން ތަރައްގީގެ ކަންކަން ކޮށްފައިވަނީ ކޮންމެ ފަސް އަހަރަކުން އަންނަ އިންތިހާބުތަކާ ދިމާކޮށް ކަމަށެވެ.

ރައީސް ވިދާޅުވީ މި ސަރުކާރުގެ ވިސްނުން މާބޮޑަށްވެސް ތަފާތު ކަމަށާއި މި ސަރުކާރުން މަސައްކަތްތައް ރާވާ ހިންގަމުން ދަނީ ކުރިޔަށް އޮތް ރިޔާސީ އިންތިހާބަކަށް ނުވަތަ މަޖިލީސް އިންތިހާބަކަށް ވިސްނައިގެން ނޫން ކަމަށެވެ.

އިތުރަށް އެމަނިކުފާނު ވިދާޅުވީ، އިންތިހާބުތަކާއި ދިމާކޮށް މަޝްރޫއުތައް ހިންގުން އެއީ ވޭތުވެ ދިޔަ ސަރުކާރުތަކުގައި ކަންކޮށްފައި އޮތް ގޮތް ކަމަށާއި އެކަމުގެ ސަބަބުން ރާއްޖެއަށް ލިބޭ އާމްދަނީ އާއި އެއްވަރަށް ގައުމު ތަރައްގީ ވެފައި ނުވާ ކަމަށެވެ.

ރައީސްގެ ވާހަކަފުޅުގައި އިތުރަށް ފާހަގަކުރެއްވީ މި ސަރުކާރުގެ ވިސްނުމަކީ އަދި އަމާޒަކީ ރާއްޖެ ތަރައްގީކޮށް ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ފުރިހަމައަށް ފޯރުކޮށްދިނުން ކަމަށެވެ. 

ރައީސް އިތުރަށް ވިދާޅުވީ، ތަރައްގީ ގެންނަން ފަށާފައިވާ ޕްރޮޖެކްޓްތަކާއި އެކު ކުރިއަށް ދާނީތޯ ނުވަތަ މަޑުޖެހިފައި ތިބޭނީތޯ ކަމަށާއި ގޮތް ނިންނާނީ ރައްޔިތުން ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް