ads
ތ.ހިރިލަންދޫ އާ އޮފީސް އިމާރާތް ހުޅުވައްދެއްވަނީ…ފޮޓޯ/ރައީސް އޮފީސް
މިއީ ރަން ޒަމާނެއް، ދިވެހިން އުޅުން ދަތި ހާލު މާޒީ ވެއްޖެ: ފެނަކަ ސައީދު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގައުމަށް ކޮށްދެއްވަމުން އަންނަ ބޮޑެތި ކަންކަމުގެ ސަބަބުން ކުރީގައި ދިވެހިން އުޅުނު ދަތި ހާލަތު މާޒީވެއްޖެކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު ވިދާޅުވެއްޖެއެވެ.

ތ. ހިރިލަންދޫގައި ހުރި 13 އަހަރުވީ އިންޖީނުގޭ އޮފީސް، ޒަމާނީ ފެންވަރަށް ތަރައްގީކޮށް އާ އޮފީހެއް ހުޅުވައިދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ސައީދު ވިދާޅުވީ، ރައީސް ސޯލިހުގެ ސަރުކާރުން ރައްޔިތުންނަށް ގެނެސްދީފައިވަނީ ތަރައްގީގެ މުޅިން އާ ރަން ޒަމާނެއް ކަމަށެވެ.

ރައީސް ވެސް ބައިވެރިވެވަޑައިގެންނެވި ރަސްމިއްޔާތުގައި ސައީދު ވަނީ ފެނަކަ ކޮންމެ އާ އޮފީސް އިމާރާތެއް ހުޅުވައިދެއްވާތީ ރައީސް އަށް ތައުރީފުކޮށް ޝުކުރު އަދާކުރައްވާފައެވެ.

ސައީދު ވިދާޅުވީ، އެރަށުގެ ފެނަކަ އާ އޮފީސް އިމާރާތުގެ މަޝްރޫއު ފުރިހަމަކޮށް ހުޅުވުމުގައި އެ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒު ބޮޑެތި އެއްބާރުލުންތަކެއް ދެއްވާފައިވާ ކަމަށެވެ.

ސައީދު ވިދާޅުވީ، ފެނަކައިން އާ އޮފީސް އިމާރާތްތަކުގެ މަސައްކަތް ފެށި އިރު ރައީސް ސޯލިހު ވިދާޅުވި ބަސް ފުޅެއް މިއަދު ވަރަށް ހަނދާންވާ ކަމަށެވެ.

"ރައީސް އޭރު ވިދާޅުވި ބަސްފުޅެއް އަދިވެސް ހަނދާނުގައި އެބަ ހުރި، ރައީސް ވިދާޅުވި ތިމަން މަނިކުފާނު ބޭނުންފުޅުވަނީ ދިވެހިރާއްޖޭގެ ރައްޔިތުންނަށް އުފާވެރިކަމާ ހިތްހަމަ ޖެހުމާ ހަމަޖެހިލައިގެން ދިރިއުޅެވޭނެ މާހައުލެއް ދިވެހިރާއްޖޭގައި އޮތުމޭ" ސައީދު ވިދާޅުވިއެވެ.

2021 ވަނަ އަހަރު އިއުލާނުކޮށް މަސައްކަތް ފަށާ މިއަދު ހިރިލަންދޫގައި ހުޅުވު ފެނަކަ އާ އޮފީސް އިމާރާތަކީ 30 މުވައްޒަފުންގެ ޖާގައިގެ އޮފީހެެއްކަން ފާހަގަކޮށްލެވެއެވެ.

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް