އެ އޮތޯރިޓީން އިއްޔެ ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ވަޒީފާ ބެހޭ ގާނޫނުގައި އޮންނަ ގޮތުގެ މަތިން ވަޒީފާ އަދާކުރާ ކޮންމެ މުވައްޒަފަކަށް ރޯދަ މަސް ފެށުމުގެ ކުރިން ރޯދަ އެލަވަންސް ދިނުމަށް ހަނދާންކޮށްދޭ ކަމަށެވެ.
ގާނޫނުގައި އޮންނަ ގޮތުގައި ރޯދަ އިނާޔާތުގެ ގޮތުގައި ވަޒީފާ އަދާކުރާ ކޮންމެ މުވައްޒަފަކަށް 3000 ރުފިޔާ ރޯދަ މަހުގެ ފުރަތަމަ ދުވަހުގެ ކުރިން ދޭން ޖެހެއެވެ.
ރޯދަ އެލަވަންސް ނުލިބިއްޖެ ނަމަ ޝަކުވާ ހުށަހަޅަން ޖެހޭނީ އެލްއާރްއޭ އަށެވެ. އެލްއާރްއޭ އިން ނެރުނު ބަޔާނުގެ ބުނެފައިވަނީ މީގެ ކުރީގައި ވެސް ވަޒީފާ ދޭ ފަރާތްތަކުން މުވައްޒަފުންނަށް ރޯދަ އެލަވަންސް ނުދީގެން އެކަމުގެ ޝަކުވާ އެ އޮތޯރިޓީއަށް ހުށަހަޅާފައިވާ ކަމަށެވެ..
އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ރޯދަ އެލަވަންސް ދިން ކަމުގައި ވިޔަސް ބައެއް ފަރާތްތަކުން ގާނޫނުގައި ހާމަކޮށްފައި އޮންނަ ވަރަށް މުވަައްޒަފުންނަށް ރޯދަ އެލަވަަންސް ނުދޭ ކަމުގެ ޝަކުވާ ވެސް ކުރިން ކޮށްފައިވާ ކަމަށެވެ.
އެލްއާރްއޭ ވަނީ މީގެ ކުރިން ވަނީ ރޯދަ އެލަވަންސް ނުދީގެ ހުށަހަޅާފައިވާ ޝަކުވާތަކާއި ގުޅިގެން އެފަދަ ތަންތަނުގެ ވެރިންނާވެސް ބައްދަލުކޮށްފައެވެ.
ވަޒީފާއާ ބެހޭ ގާނޫނުގައި އޮންނަނީ، ފުރަތަމަ ކަމަކަށް ރޯދަ އެލަވަންސް ދިނުމަށް ނަސޭހަތްތެރިވުމެވެ. އޭގެ ފަހުން ވެސް އެކަން ތަކުރާރުކުރާ ނަމަ 5000 ރުފިޔާ އާއި 50000 ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވިދާނެ ކަމަށެވެ.