ads
ޝާހު އަދި އައްލޫ އަރްޖުން
ޕުޝްޕާގެ ތަރި އައްލޫ އަރްޖުން، ޝާހުރުކް ހާން އާއެކު ފިލްމުކުޅެން ދެކޮޅު ހަދައިފި
ދެކުނު އިންޑިއާއިން އިންޑިއާގެ ބޮކްސް އޮފީސް ރެކޯޑު ހެދި ފިލްމު "ޕުޝްޕާ" ގެ ތަރި އައްލޫ އަރްޖުން، ބޮލީވުޑްގެ ތަރި ޝާހުރުކް ހާން އާއެކު ފިލްމުކުޅެން ދެކޮޅު ހަދައިފިއެވެ.
Advertisement

ޝާހްރުކް ހާންގެ ބޮކްސް އޮފީސް ހިޓް 'ޕަޓާން' އަށް ފަހު އެންމެން ވެސް ތިބީ އޭނާގެ "ޖަވާން" އަށް އިންތިޒާރު ކުރަމުންނެވެ.

ދެކުނު އިންޑިއާގެ ޑައިރެކްޓަރު އެޓްލީ ޑައިރެކްޓް ކުރާ މި ފިލްމަކީ މި އަހަރުގެ އެންމެ އިންތިޒާރު ކުރެވިފައިވާ ފިލްމުތަކުގެ ތެރޭގައި ހިމެނޭ ފިލްމެކެވެ.

މި ފިލްމުގައި ނަޔަންތަރާ އާއި ވިޖޭ ސެތޫޕަތީ މުހިއްމު ރޯލުތަކަކުން ފެންނާނެއެވެ.

ދާދި ފަހުން އަޑުތައް ފެތުރިފައި ވާގޮތުން ޕުޝްޕާގެ ތަރި އައްލޫ އަރްޖުން އަށް ފިލްމުގެ ހާއްސަ ކެމިއޯއެއް ކުޅެން މެކެރުން ވަނީ ގުޅާފައެވެ. އެއީ އަލްލޫ އަރްޖުން އާއި ޝާހްރުކް ހާން އެކުގައި ފިލްމަކުން ފެންނާނެ ފުރަތަމަ ފަހަރު ކަމުން ހުރިހާ ފޭނުން ވެސް 'އެކްސައިޓެޑް' ވެގެން ދިޔަ އެވެ. އެކަމަކު މިއޮތީ މާޔޫސް ކުރުވަނިވި ހަބަރެކެވެ.

އެންމެ ފަހުގެ އަޕްޑޭޓްތަކުގައިވާ ގޮތުން އައްލޫ އަރްޖުން ވަނީ އެ ރޯލުކުޅެން ދެކޮޅު ހަދައިފަ އެވެ. ޕިންކްވިލާގައި ނެރެފައިވާ ރިޕޯޓެއްގައި ބުނެފައި ވަނީ އަލްލޫ އަރްޖުންއަށް ފިލްމުގެ ނަރެޝަނެއް ދީފައިވީ ނަމަވެސް އޭނާގެ ޝެޑިއުލްގައި ވަގުތުނެތުމުން އޭނާ އަށް ޖެހުނީ ނޫނެކޭ ބުނާށެވެ. 

ރިޕޯޓްތައް ބުނާ ގޮތުގައި އޭނާގެ ފުޕަހިޓް ފިލްމު "ޕުޝްޕާ" ގެ ދެވަނަ ބައި "ޕުޝްޕާ: ދަ ރޫލް"އަށް ވަރަށް ބޮޑަށް އޭނާ އަންނަނީ ތައްޔާރުވަމުންނެވެ.  

ހަމަ އެ ފިލްމުގެ ޝޫޓިން ކުރިއަށްދާއިރު އޭނާ ނިންމާލަން ޖެހޭ ބޮޑު ދެ ޝެޑިއުލެއް އެބައޮތެވެ. 

ޖަވާންގެ ރޯލާ މެދު އަލްލޫ އަރްޖުން ވަގުތު ނަގައިގެން ވިސްނާލި ނަމަވެސް ޕުޝްޕާ އަށް ވުރެ އެ ރޯލު ހޮވަން އޭނާއަށް އުނދަގޫވި ކަމަށް ވެސް ރިޕޯޓުގައިވެ އެވެ. 

މިއީ ހަމަ ގައިމުވެސް ޝާހްރުކް ހާން އާއި އައްލޫ އަރްޖުން އެކުގައި ބަލަން ބޭނުންވި ހުރިހާ އެންމެންނަށް ލިބުނު ހިތާމަވެރި ހަބަރެކެވެ.

"ޕުޝްޕާ: ދަ ރައިސް" ގެ ބޮޑު ކާމިޔާބީއަށް ފަހު، ސަޕޯޓަރުން ތިބީ ހަމަ އެ ފިލްމުގެ ދެވަނަ އިންސްޓޯލްމަންޓަށް ކެތްނުކުރެވިފައެވެ. ދެވަނަ ބައިގެ ލީޑް އަންހެން ރޯލުން ފެނިގެންދަނީ ރަޝްމިކާ މަންޑަންނާ އެވެ.

75%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް