ads
ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި ކުޑަކުދިންގެ ހަވީރެއްގައި ފަސްޓްލޭޑީ ސާޖިދާ މުހައްމަދު
ރައީސްގެ ދަރިކަލުންގެ އަބުރު: ހައިކޯޓުން އެމްޑީޕީގެ ދައުވާ ބޭރުކޮށްލައިފި
ރައީސް މުހައްމަދު މުއިއްޒުގެ ދަރިކަލުންނަށް ނިސްބަތްކޮށް މަރިޔަމް ޒުބެއިރު (މަންދީ) ދެއްކި ވާހަކަތަކާ ގުޅިގެން އުފުލި އަބުރުގެ ދައުވާގެ މައްސަލަ ސިވިލް ކޯޓުން ނުބެލޭނެކަމަށް ކަނޑައަޅައިދިނުމަށް އެދި ހައިކޯޓަށް އެމްޑީޕީން ހުށަހެޅި މައްސަލަ ބޭރުކޮށްލައިފިއެވެ.
Advertisement

މި މައްސަލަ ބޭރުކޮށްލީ ހައިކޯޓުގެ ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުންގެ އަގުލަބިއްޔަތުންނެވެ.

ހައިކޯޓުން މި މައްސަލަ ބޭރުކޮށްލީ، ކޯޓަށް ހާޒިރުވުމުގެ ޗިޓާ ހަވާލުވުމަށްފަހު، އެމްޑީޕީއާއި ފައްޔާޒް އަދި މަރިޔަމް ޒުބައިރުގެ ވަކީލުން ކޯޓަށް ހާޒިރުނުވެ، ކޯޓަށް ހާޒިރުނުވެވޭނެ މަގުބޫލު ސަބަބެއް ވެސް އަންގާފައި ނުވާތީއެވެ. ހައިކޯޓުގެ ގަވާއިދުގެ 48 ވަނަ މާއްދާގައިވާ ގޮތުން މިފަދަ ހާލަތެއްގައި މައްސަލަ ބާތިލުކުރުމުގެ ބާރު ފަނޑިޔާރުންނަށް ލިބިގެންވެއެވެ. ފަނޑިޔާރު ދީބާނާޒް ފަހުމީ މި މައްސަލައިގައި ތަފާތު ރައުޔެއް ދެއްވައި، ހުށަހެޅުމާ މެދު ގޮތެއް ނިންމުމަކާ ނުލައި މައްސަލަ ބާތިލު ނުކުރެވޭނެކަމަށް ދެކިލައްވައެވެ.

ސިވިލް ކޯޓުގައި ކުރިއަށްދާ މި މައްސަލައިގައި ރައީސްގެ ދަރިކަލުން އުމައިރާ ބެހޭގޮތުން މަރިޔަމް ޒުބެއިރު ދެއްކި ވާހަކަތަކަކީ އޭނާގެ އަބުރު ނަގައިލިކަމެއްކަން ސާބިތުވާ ކަމަށް ކޯޓުން ވަނީ ނިންމާފައެވެ. އަދި ކުޑަކުއްޖެއްގެ އަބުރު ނަގައިލި ކަމަށް ބުނާ މައްސަލަތަކުގައި ބެލެނިވެރިޔާއަށް މައްސަލަ ހުށަހެޅޭނެކަމަށް ސިވިލް ކޯޓުން ނިންމީ ނަމަވެސް، އެމްޑީޕީން ބުނީ ގަވާއިދުގައިވާ ގޮތުން އެފަދަ މައްސަލައެއް ޝަރީއަތަށް ހުށަހެޅެނީ އަބުރަށް އުނިކަން އައި ފަރާތުންކަމަށެވެ. މައްސަލަ ބޭރުކޮށްލިނަމަވެސް، ހައިކޯޓުގެ ގަވާއިދުގައިވާ ގޮތުން 15 ދުވަހުގެ ތެރޭގައި އަލުން މައްސަލަ ހުށަހެޅުމުގެ ފުރުސަތު އެމްޑީޕީއަށް ލިބިގެންވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް