ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން،
ކާބޯތަކެތީގެ އަގެކޭ އެއްފަދައިން ތަކެތީގެ އަގަށް ވެސް ވަނީ ބަދަލު އައިސްފައެވެ. މިދިޔަ ޑިސެމްބަރު މަހާ އަޅާބަލާއިރު، ޖެނުއަރީ މަހު ތަކެތީގެ އަގު ވަނީ 0.96 އިންސައްތަ އިތުރުވެފައެވެ.
މަސްދުވަހުގެ ތެރޭގައި އެންމެ ބޮޑަށް އުފުލިފައިވަނީ ރެސްޓޯރެންޓްތަކާއި އެކޮމެޑޭޝަން ހިދުމަތުގެ އަގުތަކެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހާ އަޅާބަލާއިރު މި އަހަރުގެ ޖެނުއަރީ މަހު އެ އަގުތައް ވަނީ 4.34 އިންސައްތަ އިތުރުވެފައެވެ.
މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ހަވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ ދަށުން، މި އަހަރުގެ ޖެނުއަރީ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ޓޫރިޒަމް ދާއިރާގެ މުދަލާއި ހިދުމަތުން ނެގޭ ޖީއެސްޓީ (ޓީޖީއެސްޓީ) ގެ ރޭޓް 12 އިންސައްތަ އިން 16 އިންސައްތަ އަށް އަދި ޓޫރިޒަމް ދާއިރާ ނޫން ދާއިރާތަކުގެ މުދަލާއި ހިދުމަތުން ނެގޭ ޖީއެސްޓީ (ޖީއެސްޓީ) ގެ ރޭޓް ހައެއް އިންސައްތަ އިން އަށެއް އިންސައްތަ އަށް ވަނީ ބޮޑުކޮށްފައެވެ.