ads
ރޮޒައިނާ އާދަމް__ފޮޓޯ/ސޯޝަލް މީޑިއާ
ރައީސް ސޯލިހަށްވުރެ ހިކުމަތްތެރި ލީޑަރެއް ދިވެހިންނަކަށް ނުލިބޭނެ: ރޮޒައިނާ
ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށްވުރެ ހިކުމަތްތެރި ވިސްނުންތެރިކަމާއެކު މަސައްކަތްކުރައްވާ ލީޑަރެެއް ދިވެހިންނަކަށް ނުލިބޭނެ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
Advertisement

ތ ހިރިލަންދޫގައި ރޭގަ ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ރޮޒައިނާ ވިދާޅުވީ، ރާއްޖޭގެ ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާ ލީޑަރުންގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކޮށްލެވޭ ލީޑަރަކީ ރައީސް ސޯލިހު ކަމަށެވެ.

އިތުރަށް ވާހަކަ ދައްކަވަމުން ރޮޒައިނާ ވިދާޅުވީ، ރައީސް އަކީ ރަނގަޅު ނަމޫނާއެއް ކަމަށާއި އެފަދަ ބޭފުޅެއް މަދުން ނޫނީ ނުފެންނާނެ ކަމަށެވެ. ރޮޒައިނާ ވިދާޅުވީ ރައީސްގެ އަރިހުން އޭނާ ރަނގަޅުކުރަން ޖެހޭ ވަރަށް ގިނަ ކަންކަން ވެސް ދަސްވެގެން ގޮސްފައިވާ ކަަމަށެވެ.

ރޮޒައިނާ އިތުރަށް ވިދާޅުވީ، ކުޑަ ބޮޑު ރަށެއް ނުބަލައި އެއްވެސް ރަށެއް އަދި ރައްޔިތެއް ބާކީ ނުކޮށް ރައީސް ކޮށްދެއްވަމުން އަންނަ ކަންކަމުން އުފާވާ ކަމަށާއި ހިރިލަންދޫ އަކީ ވެސް އެ ސިޔާސަތުގެ ދަށުން މިއަދު ފައިދާކޮށްފައިވާ ރަށެއް ކަމަށެވެ. އަދި މިހާރު ހިރިލަންދޫ ރައްޔިތުންގެ މޫނުމަތިން އުފާވެރިކަން ފެންނަމުންދާ ކަމަށް ވެސް ރޮޒައިނާ ވިދާޅުވިއެވެ.

ރައީސް ސޯލިހުއަށް އެތައް ގޮތަކުން ތައުރީފު ކުރައްވަމުން ރޮޒައިނާ ވިދާޅުވީ، ރައީސް ސޯލިހު އަކީ ވަރަށް މަދުން ނޫނީ ނުފެންނަފަދަ ވިސްނުންފުޅުތޫނު ލީޑަރެއް ކަމަށާއި ރާއްޖެ އުފާވެރިކަމާއި ހަމައަށް ދާން އޮތް ހަމަ އެކަނި މަގަކީ ރައީސް ސޯލިހު ކަމަށެވެ.

އިތުރަށް އެކަމަނާ ވިދާޅުވީ، ނަސީބަކީ މާ ގިނައިން އަތުގައި ހިފާނެ އެއްޗެއް ނޫން ކަމަށާއި ނަސީބު އައިސް އަތުގައި ހިފުމުން ކަންކަން ހާސިލްކުރަން އަބަދުވެސް މަސައްކަތްކުރަންޖެހޭނެ ކަމަށެވެ.

ރޮޒައިނާ ވިދާޅުވީ، ރައީސް ސޯލިހަކީ ހެޔޮލަފާ ވެރިއެއް ކަމަށާއި ގައުމަށް ހެޔޮއެދޭ ވެރިން އަބަދަކު ނުލިބޭނެ ކަމަށެވެ. އެހެން ކަމުން ހެޔޮވެރިއަކު ލިބުމުން އެކަން ބަލައިގަންނަން ޖެހޭ ކަމަށް އެކަމަނާ ވިދާޅުވިއެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް