ads
އެމްއެންޕީގެ ބައްދަލުވުމެއްގެ ތެރެއިން
ގުރައިދޫ ބައި އިލެކްޝަނަށް އެމްއެންޕީ ކެންޑިޑޭޓަކު ނެރެނީ
ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ކެންޑިޑޭޓަކު ނެރެން ނިންމައިފި އެވެ.

އެމްއެންޕީން ވަނީ ބައި އިލެކްޝަނުންގައި އެޕާޓީގެ ޓިކެޓްގައި ވާދަކުރަން ބޭނުންވާ އެޕާޓީގެ މެމްބަރުންނަށް އެކަމަށް ކުރިމަތި ލުމަށް ހުޅުވާލާފައެވެ. 

އެމްއެންޕީން ބުނީ ބައި އިލެކްޝަނުގައި ވާދަކުރުމަށް އެޕާޓީގެ ޓިކެޓަށް އެދޭ ޕާޓީގެ މެމްބަރުން އަންނަ އަންގާރަ ދުވަހުގެ 14:00 ކުރިން އެޕްލިކޭޝަން ހުށަހަޅަން ޖެހެއެވެ.

ގުރައިދޫ ދާއިރާގެ ގޮނޑި ހުސްވީ އެދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ މިދިޔަ މަހުގެ 23 ވަނަ ދުވަހު އަވަހާރަ ވުމުންނެވެ. ރިޒާ އަވަހާރަވީ ކެންސަރުގެ އާލާސްކަންފުޅެއްގައި މެލޭޝިއާގައެވެ.

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން މިހާރު ނިންމާފައިވަނީ އޭޕްރީލް މަހުގެ 15 ވަނަ ދުވަހު އެވެ.

މި ބައި އިލެކްޝަނުގައި ވާދަކުރަން އެމްޑީޕީންވެސް ނިންމާފައިވާއިރު އެޕާޓީގެ ޓިކެޓް ހޯދުމަށް ޕްރައިމަރީގައި ވާދަކުރުމަށް ހަތަރު ފަރާތަކުން މިހާރު ވަނީ ހުށަހަޅާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް