ads
އެކްޝަން ޕްލޭން ތަންފީޒުކުރުމަށް ކަމާ ބެހޭ ފަރާތްތަކުން އެންމެ އެދެވޭ މިންވަރަށް ތައްޔާރުވެފައި ނުވާތީ، ޕްލޭން ތަންފީޒުކުރުމަށް ހަމަޖެހިފައިވާ ނިންމުމަށް އަމަލުކުރުން ވަނީ ފަސްކޮށްފައި.
ޗެކު ބޭނުންކުރާ މިންވަރު މަދުކުރުމުގެ އެކްޝަން ޕްލޭނަށް އަމަލުކުރުން ފަސްކޮށްފި
ރާއްޖޭގައި ޗެކު ބޭނުންކުރާ މިންވަރު މަދުކުރުމަށް އެމްއެމްއޭއިން އެކުލަވާލި އެކްޝަން ޕްލޭނަށް އަމަލު ކުރުން ފަސްކޮށްފިއެވެ.

ރާއްޖޭގައި ޕޭމަންޓްގެ ހިދުމަތް އަވަސް އަދި ލުއިފަސޭހަ ގޮތެއްގައި ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ ގޮތުންނާއި ނަގުދު ފައިސާ އާއި ޗެކު ބޭނުންކުރުން މަދުކޮށް ޑިޖިޓަލް ޕޭމަންޓް ހިދުމަތްތައް ބޭނުންކުރާ މިންވަރު އިތުރުކުރުމަށްޓަކައި ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެމްއެމްއޭ އާއި ބޭންކްތަކާ ގުޅިގެން ރާއްޖޭގައި ޗެކު ބޭނުންކުރާ މިންވަރު މަދުކުރުމާ ބެހޭ އެކްޝަން ޕްލޭނެއް އެކުލަވާލާ 2022 ވަނަ އަހަރުގެ އެޕްރީލު މަހު ވަނީ އާންމުކޮށްފައެވެ.

އެ އެކްޝަން ޕްލޭނުގެ ދަށުން އެންމެ ފުރަތަމަ ތަންފީޒުކުރެވޭ ނިންމުމެއްގެ ގޮތުގައި ވަނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން، ވަކިވަކި ފަރުދުންނާއި ހުރިހާ ވިޔަފާރިތަކުން ޗެކު ބޭނުންކޮށްގެން ކުރާ ހުރިހާ މުއާމަލާތްތަކެއް ހިމެނޭހެން، ރާއްޖޭގައި ޗެކު ބޭނުންކޮށްގެން މުއާމަލާތްކުރެވޭނެ އެންމެ މަތީ އަދަދަކީ ދިވެހި ރުފިޔާއިން ނަމަ 50،000 އަދި ޔޫއެސް ޑޮލަރުން ނަމަ 3،000 ކަމުގައި ކަނޑައަޅާފައެވެ.

އެމްއެމްއޭއިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެ އެކްޝަން ޕްލޭން ތަންފީޒުކުރުމަށްޓަކައި ކަމާ ބެހޭ ފަރާތްތަކުން އެންމެ އެދެވޭ މިންވަރަށް ތައްޔާރުވެފައި ނުވާތީ، އެކަމަށް ތައްޔާރުވުމަށް އިތުރު ވަގުތު ދިނުމުގެ ގޮތުން މި އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ތަންފީޒުކުރުމަށް ހަމަޖެހިފައިވާ ނިންމުމަށް އަމަލުކުރުން ލަސްކޮށްފައިވާ ކަމަށެވެ.

ޗެކު ބޭނުންކުރާ މިންވަރު މަދުކުރުމާ ބެހޭ އެކްޝަން ޕްލޭނުގައި ހިމެނޭ ކަންކަމުގެ ތެރޭގައި ޕޭމަންޓް ހެދުމަށް ޗެކު ބޭނުންކުރާ މިންވަރު މަދުކޮށް ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރުމަށް ބާރު އެޅުމާއި ޗެކު ޕްރޮސެސްކުރުމަށް ފީއެއް ތައާރަފުކުރުމާއި ބޭންކުތަކުން އެފަރާތްތަކުގެ ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތްތައް ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ފަސޭހަކަމާ އެކު ބޭނުން ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ އިތުރުން ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރުމަށް އެފަރާތްތަކުގެ ކަސްޓަމަރުން އަހުލުވެރި ކުރުވާ ހޭލުންތެރި ކުރުވުން ހިމެނެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް