އަމީނީ މަގުގެ ފަސް ވަނަ ސެގްމެންޓުގައި ހިމެނެނީ ސިނަމާލެ ފްލެޓްތައް ހިމެނޭ ބްލޮކުން ފެށިގެން އިމާދުއްދީން ސްކޫލް ހިމެނޭ ބްލޮކާއި ހަމައަށެވެ. އެއީ ކޮއިމަލާހިނގުމާއި ގުޅޭ ހިސާބުން ރެހެންދި ހިނގުމާއި ހަމައަށެވެ. އަދި އާރްޑީސީއިން ބުނެފައިވަނީ އާރްޑީސީގެ މަސައްކަތްތައް މިހާރު ފެށިފައިވާކަމަށާއި، މަގުގައި ހުރި ގާތައް ނެގުމަށްފަހު އެހެނިހެން މަސައްކަތްތައް ފެށިގެން ދާނެ ކަމަށެވެ.
ތިން ވަނަ ސެގްމެންޓާއި ހަމައަށް ތާރު އެޅުމުގެ މަސައްކަތް ނިމުނު ނަމަވެސް މަގު ހުޅުވާލާނީ ޓްރެފިކް ލައިންތައް ކުރެހުމާއި ބޯޑުތައް ހަރުކުރުމުގެ މަސައްކަތް ނިމުމުންކަމަށް އާރްޑީސީއިން ބުނެއެވެ. އޭގެ އިތުރުން އަމީނީ މަގުގެ މަސައްކަތްތައް ފެށުމަށް ކޮއިމަލާ ހިނގުން ބަންދު ކުރަން ޖެހޭތީ އެމްޓީސީސީގެ ބަހުގެ ހިދުމަތަށް ފަސޭހަވާނެހެން އާމިނާ ރަނި ހިނގުން ރީޕޭވް ކުރުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ.
އަމީނީ މަގަކީ މާލޭގެ ގިނަ މަގުތަކެއް ގުޅިފައިވާ މަގަކަށްވާއިރު، ގިނަ އަދަދެއްގެ ސްކޫލް ތަކާއި ދައުލަތުގެ އެކި އިދާރާތައް ހުންނަ މަގެއް ކަމުން މިމަގުގެ މަސައްކަތް ރައްޔިތުންނަށް ވީހާވެސް ދަތިނުވާނޭހެން ކުރުމަށް މަސައްކަތް ކުރަމުންދާކަމަށް އާރްޑީސީން ބުނެއެވެ.