
މި ފިއެސްޓާގެ ތެރެއިން އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން ވިއްކާ ހޯމް އެޕްލައަންސް ގަތުމަށް ހޭދަކުރާ ކޮންމެ 1،000 ރުފިޔާއަކާ އެކު އިނާމެއް ހޯދުމުގެ ފުރުސަތު ލިބޭނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.
އެސްޓީއޯއިން ބުނި ގޮތުގައި ވީކެންޑް ފިއެސްޓާގައި ހާއްސަ ޑިސްކައުންޓުތަކެއް ލިބޭނެ އެވެ. އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ރެކްލީސް ކޮށްގެން ވިޔަފާރިކުރާ ފަރާތްތަކުންވެސް މި ފިއެސްޓާގެ ތެރެއިން ހާއްސަ ޑިސްކައުންޓެއް ދެމުން ގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
އެސްޓީއޯ ވީކެންޑް ފިއެސްޓާއަށް ކަސްޓަމަރުންގެ ފަރާތުން ބޮޑު ތަރުހީބެއް ދަނީ ލިބެމުން - ފޮޓޯ:އެސްޓީއޯ
ވީކެންޑް ފިއެސްޓާގައި ހަވީރު 4:30 އިން ފެށިގެން 6:00 އަށް ކުޑަކުދިންނަށް ހާއްސަ ހަރަކާތްތަކެއް ކުރިޔަށް ގެންދާނެ ކަމަށް އެސްޓީއޯއިން ބުނެ އެވެ. އެ ކުންފުނިން ބުނެފައިވަނީ ރޭގަނޑު 8:30 އިން ފެށިގެން 10:00 އަށް ފްރީ ޓޭސްޓިން ކުރިޔަށް ގެންދެވޭނެ ކަމަށެވެ.
މި ހަފުތާގެ ވީކެންޑް ފިއެސްޓާގައި ހުކުރު ދުވަހު ހަވީރު ވަނީ ފްރީ ޓޭސްޓިން ކުރިޔަށް ގެންގޮސްފައި ކަމަށް އެސްޓީއޯއިން ބުނެއެވެ.