ads
ކެރެލާގެ ކުޅުންތެރިން ދަނޑުން ފައިބަނީ
ޗެތްރީގެ ލަނޑާއެކު ކެރެލާ ބޮޑާހާކައި ދަނޑުން ފައިބައިފި
އިންޑިއަން ސުޕަ ލީގުގެ ޕްލޭ އޮފް މެޗުގައި ބެންގަލޫރު އެފްސީގެ ކެޕްޓަން ސުނިލް ޗެތްރީ ޖެހި އަވަސް ފްރީކިކް ގޯލަކާއެކު، ކެރެލާ ބްލާސްޓާރގެ ކުޅުންތެރިން ބޮޑާ ހާކައި ދަނޑުން ފައިބައިފިއެވެ.
Advertisement

ސުޕަރ ލީގުގެ ޕްލޭ އޮފްގައި ރޭ ބެންގަލޫރު އެފްސީއާ ކެރެލާ ބްލާސްޓަރ ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހެއެވެ. 

ނަތީޖާ ނެރުމަށްޓަކައި އިތުރު ވަގުތު ކުޅެމުން ދަނިކޮށް ބެންގަލޫރަށް ލިބުނު ހިލޭ ޖެހުމެއް، ކެޕްޓަން ސުނިލް ޗެތްރީ އަވަސް އަވަހަށް ފޮނުވާލިއިރު ކެރެލާ ކުޅުންތެރިން ތިބީ ތައްޔާރު ނުވެއެވެ. ކުޅުންތެރިން ތައްޔާރުނުވެ ތިއްބާ ޗެތްރީ ފޮނުވާލި ބޯޅަ ގޮސް ގޯލްތެރެއަށް ވަނުމާއެކު ކެރެލާ ކުޅުންތެރިން އެކަމާ ޝަކުވާކޮށް އެންމެ ފަހުން މެޗު ނުކުޅެ ފޭބީއެވެ. 

ރެފްރީ މެޗު ނިންމާލީ އެ ކުޅުންތެރިން އަލުން އެނބުރި ދަނޑަށް ނައުމުންނެވެ. މެޗަށް ފަހު ވާހަކަ ދައްކަމުން ޗެތްރީ ބުނީ ކެރެލާ ކުޅުންތެރިންގެ ހިތްހަމަ ނުޖެހުން އޭނާއަށް ވިސްނޭ ކަމަށާއި އެހެންނަމަވެސް މެޗު ނުކުޅެ ދިޔުން ގަބޫލު ނުކުރެވޭނެ ކަމަށެވެ. 

އަހަރެންނަށް އިހުސާސް ކުރެވޭ މި ކަހަލަ ވަގުތެއްގައި ޓީމު ބަލިވުމުން ކުރެވޭނެ އިހުސާސް. އެކަމަކު އަހަރެންނެއް ހަމަ ގައިމުވެސް މެޗު ނުކުޅެ ނުދާނަން. ޓީމުގެ މެނޭޖްމެންޓުން އެންގިޔަސް މެޗު ނުކުޅެ ހަމަ ގައިމުވެސް ދަނޑުން ފައިބައިގެން އަހަރެން ނުދާނަން.

ޕްލޭ އޮފް މެޗުގައި ޗެރްރީގެ ލަނޑާއެކު ކެރެލާ ކުޅުން ދޫކޮށްލައި ދިޔުމުން އެ ޓީމަށް ބޮޑު އަދަބެއް އަންނާނެ ކަމަށް ބެލެވެއެވެ. 

ކެރެލާ އަތުން ބެންގަލޫރު މޮޅުވުމުން، ސެމީ ފައިނަލުގައި އެ ޓީމުން ވާދަކުރަން ޖެހޭނީ މުމްބާއީ އެފްސީއާއެވެ. އެ މެޗު އޮންނާނީ އަންނަ އަންގާރަ ދުވަހުއެވެ. 

43%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
29%
ސަތޭކައަކުން ސުމެއް
29%
ވަރަށް ސަލާމް
ކޮމެންޓްސް