ads
މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސްގެ 'މަސައްކަތްތެރިންގެ ކޮންގްރެސްގައި ރައީސް ސޯލިހު ވާހަކަފުޅުދައްކަވަނީ——
ވަޒީފާ ގެއްލޭ މީހުންނަށް އަންއެމްޕްލޯއިމަންޓް އިންޝުއަރަންސް ބެނިފިޓް ތައާރަފުކުރަނީ
ވަޒީފާ ގެއްލޭ މީހުންނަށް އިޖްތިމާއީ ރައްކާތެރިކަން ހޯދައިދިނުމަށްޓަކައި، ”އަންއެމްޕްލޯއިމަންޓް އިންޝުއަރަންސް ބެނިފިޓް“ ތައާރަފްކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސްގެ މަސައްކަތްތެރިންގެ ކޮންގްރެސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގަ އެވެ.

ރައީސް ވިދާޅުވީ، މަސައްކަތްތެރިންގެ އިޖްތިމާއީ ރައްކާތެރިކަން ކަށަވަރު ކުރުމަކީ ސަރުކާރުގެ ވަރަށް މުހިންމު ވައުދެއް ކަމަށެވެ.

”ހާއްސަކޮށް، ވަޒީފާ ގެއްލޭ މީހުންނަށް އިޖުތިމާޢީ ރައްކާތެރިކަން ހޯދައިދިނުމަކީ ކުރަންޖެހޭނެ ކަމެއްގެ ގޮތުގައި އަޅުގަނޑުމެން ދެކެން. އެހެންކަމުން، ހަރުދަނާ އުސޫލުތަކެއްގެ ތެރެއިން، ބައްޓަން ކުރެވޭ ނިޒާމެއްގެ ދަށުން، އަންއެމްޕްލޯއިމަންޓް އިންޝުއަރަންސް ބެނެފިޓް ތައާރުފުކުރުމުގެ މަސައްކަތް ސަރުކާރުން މި އަންނަނީ ކުރަމުން. “ ރައީސް ސޯލިހް ވިދާޅުވި އެވެ.

އަންއެމްޕްލޯއިމަންޓް އިންޝުއަރަންސް ބެނިފިޓް ތައާރުފް ކުރުމަށްޓަކައި، ގާނޫނީ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތަކާ ބެހޭ ގޮތުން، ބޭރުގެ ފަންނީ ބޭފުޅުންގެ އެހީއާއެކު ކަމާ ބެހޭ ގާނޫނެއްގެ ދެލިކޮޕީ އެކުލަވައިލުމުގެ މަސައްކަތް މިހާރު ކުރެވެމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި މާލަސްތަކެއް ނުވެ އެބިލް ރައްޔިތުންގެ މަޖިލީހަށް ފޮނުވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ، ރާއްޖޭގެ މަސައްކަތްތެރިންނާއި މަސައްކަތްތެރިންގެ އާއިލާތަކުގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކޮށް، އާމްދަނީ އިތުރުކޮށްދިނުމަށް ސަރުކާރުން ކުރައްވާފައިވާ މަސައްކަތްތައް ވެސް ފާހަގަކުރައްވާފަ އެވެ.

އެގޮތުން މިނިމަމްވޭޖް ތައާރަފްކުރުމާއި، ސާވިސް ޗާޖްގެ ފައިދާ މުވައްޒަފުންނަށް ހަމަހަމައަށް ލިބިދިނުމަށް ގާނޫނަށް ގެނައި ބަދަލުތައް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
އަދި، ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް، ޖޮބް ސެންޓަރުތަކާއި ޖޮބް ސެންޓަރުގެ ޑެކްސްތައް ގާއިމްކޮށް ހިދުމަތްދޭން ފެށިފައިވާ ކަންވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ. 

މީގެ އިތުރުން، މިހާރު މަޖިލީހަށް ފޮނުވިފައިވާ، އޮކިއުޕޭޝަނަލް ހެލްތު އެންޑް ސޭފްޓީ ބިލްގެ ސަބަބުން، މުވައްޒަފުންގެ އިޖްތިމާއީ އަދި ސިއްހީ ރައްކާތެރިކަން އިތުރަށް ކަށަވަރުވެ، ވަޒީފާ ދޭ އަދި ވަޒީފާ އަދާކުރާ މީހުންގެ ޒިންމާ ކަނޑައެޅިގެންދާނެ ކަމުގައިވެސް ވިދާޅުވިއެވެ.

ރާއްޖޭގައި ޔޫނިއަންތައް ރަޖިސްޓްރީކޮށް ހިންގޭނެ މަގުފަހިކޮށްދެއްވުމަށް، އިންޑަސްޓްރިއަލް ރިލޭޝަންސް ބިލް އެކުލަވާލައި ނިމިފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އެބިލް މިފެށޭ ހަފްތާގައި މަޖިލީހަށް ފޮނުއްވާނެ ކަމަށާއި، އެބިލް އޮތީ މޯލްޑިވުސް ޓްރޭޑް ޔޫނިއަނުން ފާހަގަކުރެއްވި ކަންތައްތަކަށް ރިއާޔަތްކޮށް މުރާޖައާކުރައްވާފައި ކަމުގައިވެސް ވިދާޅުވިއެވެ.

67%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް